Gellun libunu gethakuge mauloomaath ehkurumuge masahkathugai sifain
image
ގެއްލުން ލިބުނު ގެތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގައި ސިފައިން
0 ކޮމެންޓް
 

ގެއްލުން ލިބުނު ގެތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގައި ސިފައިން

އިއްޔެ މާލެ އަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކުގެ މަޢުލޫމާތު އެއްކުރުމުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިން މިއަދު ހަރަކާތްތެރިވާން ފަށައިފިއެވެ. Dhiraagu
މި މަސައްކަތުގައި މިއަދު މެންދުރު 1300 ފެށިގެން އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް އެހީތެރިވުމުގެ ގޮތުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި މަސައްކަތުގެ ތެރެއިން ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް ނެގުމުގައި ބަލަމުންދާ މަޢުލޫމާތު ތަކުގެތެރޭގައި މުދަލަށް ލިބިފައިވާ ގެއްލުންތަކާ ކެއިންބުއިމަށް ބޭނުންކުރާ ސާމާނަށް ލިބިފައިވާ ގެއްލުންތަކާ ކެއްކުމަށް ބޭނުންކުރާ ސާމާނަށް ލިބިފައިވާ ގެއްލުންތަކާ ފަރުނީޗަރުތަކަށް ލިބިފައިވާ ގެއްލުންތަކާ ކަރަންޓު ސާމާނަށް ލިބިފައިވާ ގެއްލުންތަކުގެ އިތުރުން އިމާރާތަށް ލިބިފައިވާ ގެއްލުންތަކެވެ.

މި މަސައްކަތަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ އެދުމުގެ މަތިން އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިން ފޯރުކޮށްދެމުންދާ އެހީތެރިކަމެއްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްގެ ސިފައިން ވަނީ މާލޭގެ މަގުތަކުން ފެން ހިއްކުމުގަޔާ ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާ ވެލިބަސްތާ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެފައެވެ.

ހިޔާލު