kureege baeh vazeerunaai eku, ithuru 18 faraathakah PPM ge ticket dheefi
image
0 ކޮމެންޓް
 

ކުރީގެ ބައެއް ވަޒީރުންނާއިއެކު އިތުރު 18 ފަރާތަކަށް ޕީޕީއެމްގެ ޓިކެޓްދީފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބައެއް ވަޒީރުންނާއި އެކު އިތުރު 18 ފަރާތަކަށް ޕީޕީއެމްގެ ޓިކެޓް ދީފިއެވެ.
ޕްރައިމަރީއަކާއި ނުލައި ޕީޕީއެމްގެ ޓިކެޓް 18 ފަރާތަކަށް ދީފައިވާކަމަށް އިއުލާންކުރީ މިހާރު ކުރިއަށްދާ ޕީޕީއެމްގެ ނިއުސްކޮންފަރެންސެއްގައެވެ. މި ނިއުސްކޮންފަރެންސްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މީގެ ކުރިން ޕީޕީއެމުންވަނީ ޕްރައިމަރީއަކާއި ނުލައި 24 ފަރާތަކަށް ޓިކެޓް ދީފައެވެ. އެހެންކަމުން ޕްރައިމަރީއަކާއި ނުލައި ޕީޕީއެމްގެ ޓިކެޓް ލިބުނު ފަރާތްތަކުގެ އަދަދު މިހާރުވަނީ 42 އަށް އަރާފައެވެ.

މިރޭ ޓިކެޓް ދިން ފަރާތްތަކުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރާއި ގައްސާން މައުމޫނާއި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށެވެ.

މީގެ އިތުރުން ކ ކާށިދޫ ދާއިރާއަށް ޕީޕީއެމުން ތާއީދު ކުރާ ބޭފުޅެއްގެ ގޮތުން ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު، ކާނަލް ނަޝީދަށް ޕީޕީއެމުންވަނީ ތާއީދުކޮށްފައެވެ.
މަޖިލިސް ޕީޕީއެމް
ހިޔާލު