PPM ge ticket gai qasaanu guraidhoo dhaaira ah
image
ޕީޕީއެމްގެ ޓިކެޓްގައި ޣައްސާނު ގުރައިދޫ ދާއިރާއަށް
0 ކޮމެންޓް
 

ޕީޕީއެމްގެ ޓިކެޓްގައި ޣައްސާނު ގުރައިދޫ ދާއިރާއަށް

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަލުން ޣައްސާނު މައުމޫނަށް ދީފިއެވެ.
ޕްރައިމަރީއަކާއި ނުލާ ޣައްސާނު މައުމޫނަށް ދީފައިވަނީ ތ ގުރައިދޫ ދާއިރާގެ ޓިކެޓެވެ. ގުރައިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ހުސައިން މަނިކު ދޮންމަނިކު ދާދިފަހުންވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

ޕީޕީއެމްގެ ޓްކެޓް ޕްރައިމަރީއަކާއި ނުލާ މިހާރުވަނީ 18 ފަރާތަކަށް ދީފައެވެ. މީގެ ކުރިންވަނީ ޕްރައިމަރީއަކާއި ނުލާ 24 ފަރާތަކަށްވެސް ޓިކެޓް ދީފައެވެ.

އެހެންކަމުން ޕީޕީއެމްގެ ޓިކެޓް ޕްރައިމަރީއަކާއި ނުލާ 42 ފަރާތަކަށް މިހާރު މިވަނީ ދީފައެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދަނީ އަންނަ 2019 ވަނަ އަހަރުގެ މާޗް މަހުގައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޣައްސާން މައުމޫން ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ.
މަޖިލިސް ޕީޕީއެމް
ހިޔާލު