UNge Vafudhaa PPMai, MDA in Bahdhalu Kuree Vakivakin
image
ޕީޕީއެމްއާއި ޑިއާރުޕީން އދގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް މިރޮސްލާވް އެންކާއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން---ފޮޓޯ:ނިހާން
3 ކޮމެންޓް
 

އދގެ ވަފުދާ ޕީޕީއެމްއާއި އެމްޑީއޭ ބައްދަލު ކުރީ ވަކިވަކިން

ރާއްޖެ ވަޑައިގެންނެވި އދގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް މިރޮސްލާވް އެންކާ ވެރިކަން ކުރާ ޕީޕީއެމްއާއި އަދި ޕީޕިއެމް ކޯލިޝަންގައި އޮތް އެމްޑީއޭއާއި ބައްދަލު ކުރީ ވަކިވަކިން ކަން ހާމަވެއްޖެއެވެ. kobadoctor
ރައީސް އަބްދުﷲ ޔާމީނާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ދުރަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ހަބަރު ފެތުރިފައިވަނިކޮށް އދގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް މިރޮސްލާވް އެންކާ ރާއްޖެ ކުރެއްވި ދަތުރުގައި ޕީޕީއެމްއާއެކު ބޭއްވި ބައްދަލުވުމުގައި ކޯލިޝަންގައި އޮތް ޑީއާރުޕީން ބައިވެރިވެފައިވެއެވެ.

އެމްޑީއޭގެ ބައެއް އޮފިޝަލުން ވަނީ އދގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް މިރޮސްލާވް އެންކާއާއި އެ ޕާޓީން ބައްދަލު ކުރިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އދގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް މިރޮސްލާވް އެންކާ އެޕާޓީން ވަކިން ބައްދަލު ކުރީ ކީއްވެގެންތޯ ސުވާލު ކުރުމުން ވެސް ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ޕީޕީއެމްއާއެކު ބޭއްވި ބައްދަލުވުމަށްފަހު ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުވަނީ އދގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް މިރޮސްލާވް އެންކާއާއި އެކު ބޭއްވި ބައްދަލުވުމުގެ ބައެއް ފޮޓޯތައް އާއްމު ކުރައްވާފައެވެ. އެ ފޮޓޯތަކުގައި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު ފެންނަ އިރު ޓްވިޓަ މެދުވެރިކޮށް ބައެއް ފަރާތްތަކުން ކޮށްފައިވާ ސުވާލުތަކާއި ގުޅިގެން ނިހާން ވެސް ވަނީ އެމްޑީއޭ އދގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް މިރޮސްލާވް އެންކާއާއި ބައްދަލު ކުރީ ވަކިން ކަމަށް ވިދާޅުވެފައެވެ.

ސިޔާމް ސަރުކާރާ ފެއަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރެމުންދާ އިރު ދާދި ފަހުން އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ކުރެއްވި ދަތުރުގައި ސިޔާމާ ބައްދަލު ކުރި ކަމަށް ވެސް އަޑުތައް ދަނީ ފެތުރެމުންނެވެ.

ސިޔާމް ރައީސް ޔާމީނާ ފެއަށް ވަޑައިގަންނަވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ބާރަށް ފެތުރެމުންދާ އިރު އެ ވާހަކަތަކާ ބެހޭ ގޮތުން އެމްޑީއޭއިން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.
ހިޔާލު

ދިކޮމެންޓާރ

މިހާރުވެސް އެބަހުރި ވީޕީއެއް.. ހަމަ އެގޮތަށް ޝިޔާމްއަށް ވެސް ހުރެވޭނެ ދެއްތޯ ވީޕީގެ މަގާމުގައި. ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް އޮޅިގެން ޕޯޑިއަމްތަކަށް އަރާ އެހާވަރަށް މަސައްކަތްކޮށް ދިނީމަވެސް، ފަހުވަގުތު މާދުރުގަ ހުރި މީހަކަށް ގެނެސް ވީޕީކަން މިދިނީ.. ނޮޓް ފެޢާރ ފޯ ޝިޔާމްގެ ހާޑް ވޯރކްއަށް...

ފައިސާ ފައިސާ

މަހީކުރީ ކަލީލުމެން ފަރަންޖީނާއި ބައްދަލުނުކުރާނެކަމަށް.

ހަބީބު

ސިޔާމު އަވަހައް ޔާމިނު ކިބައިން ސަލާމަތްވޭ އެހެންނޫނީ ސަލާމަތެއްނެތް ރައްޔިތުން މިތިބީ ސިޔާމައް ޖެއްސި ހާލުން ވަރައް ދެރަވެފަ ޔާމިނު ނަގާ ކޮޅައްޖެހީމަ ސަހީމު ނައިބުރައިސްކަމައް ގެނައީ ކޮންކަހަލަ އަގަލުކުޑަމީހެއް