Retire Kuraa Umuru Mathi Kuranee Dhoshee Umuruge Meehunge Dhauru Bodukoh, Aamdhanee Ithuru koh Dhinumah: Abduraheem
image
ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް---
6 ކޮމެންޓް
 

"ރިޓަޔާ ކުރާ އުމުރު މަތި ކުރަނީ ދޮށި މީހުންގެ ދައުރު ބޮޑުކޮށް، އާއްމުދަނީ އިތުރު ކުރަން"

ރިޓަޔާ ކުރާ އުމުރު މަތި ކުރުމަށް ސަރުކާރުން ހުށަހެޅި އުމުރުން ދުވަސްވީ މީހުންގެ ދައުރު ގައުމު ބިނާ ކުރުމުގައި އިތުރުކޮށް، އިތުރު އާއްމުދަނީ ލިބުމަށް މަގުފަހިކޮށް ދިނުމަށް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ. muni
ރިޓަޔާ ކުރާ އުމުރު 65 އިން 74 އަށް އުފުލުމަށް ވިސްނުން ގެންގުޅުއްވާކަން ހާމަ ކުރައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން ހުވަދު އަތޮޅަސް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެއަތޮޅު ފަރެހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޓަޔަ ކުރަން ޖެހޭ އުމުރަކީ 65 ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ރިޓަޔާ ކުރާ އުމުރު މަތި ކުރުމަށް މަސައްކަތް ކުރައްވާނީ މަޖިލީހުގެ ތެރެއިން ކަމަށެވެ.

ރައީސް ޔާމީންގެ އެ ވިސްނުންފުޅަށް އެތައް ބަޔަކު ފާޑު ކިޔާފައިވާ އިރު، އަބްދުއްރަހީމް ވިދާޅުވީ އެއްވެސް ރައްޔިތަކަށް ލިބޭ އިނާޔަތެއް އުނި ކުރުމަކީ ރައީސް ޔާމީންގެ ވިސްނުންފުޅެއް ނޫން ކަމަށެވެ.

"ވަޒީފާ އަދާ ކުރެވޭ މަތީ އުމުރު 65 އަހަރުން 72 ނުވަތަ 74 އަހަރަށް ބަދަލު ކުރުމަކީ ގައުމު ބިނާ ކުރުމުގައި ދޮށީ އުމުރުގެ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަކީ ގައުމު ބިނާ ކުރުމުގައި ދޮށީ އުމުރުގެ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމާއެކު އިތުރު އާއްމުދަނީ ލިބުމަށް މަގފުފަހިކޮށް ދިނުމުގެ ވިސްނުންފުޅެއް،" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

ހިޔާލު

ރައްޔިތުން

އަދްރޭ އާއި ނިހާން އަކީ ޔާމީނު ހަލާކުރި ހާމާނުން ޔާމީނުއަކީވެސް ހަލާކުވެ ނިމިފައިވާ މީހެއް އެމީހުންގެ ވާހަކަ ސިޔާސީ ކަންކަމުގައި ފުލުސްޓޮޕް ޖެހޭނެ. ރައްޔިތުންގެ ތާއީދުގައި. އެކަން އެނގޭނެ ޕާޓީއެއް އެމީހުން އަމިއްލަ އަށް އުފައްދާ ހިސާބުން.

ރާކަނި

ބޭނުމަކީ 75 އަހަރަށް ބަދަލުކުރުމުން މިހާރު ލާރިކޮޅުލިބޭ މީހުންވެސް ބިކަކޮށްލުން.

ކަތީބު

އޮޅުވާނުލާ. ޢޮފީސްތަކުގައި ތިބި ކުރީގެ ކަތީބުންތައް މިހާރު ތިބީ ރިޓަޔަަރ ކުރާ އުމުރުގަ. ޢެމީހުންނަކީ ކުރީގެ ގަބީލާވިސްނުމުގެ ޕީޕީއެމްމީހުން. އެމީހުންގެ ވޯޓް ހޯދަން ކުރާ ކަމެއްތީ.

ހުސް ހާލި

100 އަށް ހަދަންވީ ނުން ، އެއިރުން މެނިފެސްޓޯގައި ހިމެނިދާނެ ދޮށީ އުމުރުގެ ކޮންމެ މީހަކަށް 100000 ރުފިޔާ މަހަކު.

ބޮޑުބެ

ރީތި ރީއްޗަށް ބުނަންވީނު 65 އަހަރުވީމަ ދޭންޖެހޭ 5000 ރުފިޔާ ނުދީ ސަލާމަތްވާނެ ގޮތެއް ހޯދަނީއޭ، މަތިމައްޗަށް ދޮގުހަދާކަށް، މިވަރުންވެސް ހޭއަރާކަށް ނުވޭތަ މިއުޅޭ ބައެއްމީހުނަށް

ހަސަން

ރިޓަޔާ ކުރާ އުމުރު މަތި ކުރުމަށް ސަރުކާރުން ހުށަހެޅި އުމުރުން ދުވަސްވީ މީހުންގެ ދައުރު ގައުމު ބިނާ ކުރުމުގައި އިތުރާށޯ؟ މީ ބޮލުރޮދި ކެނޑިފަހުރި މީހެއްތަ؟ މިމީހުން ދެއްތޯ މަޖިލީހައް އިސްލާހު ހުށަހަޅައި 65އަހަރުވުމުން ރައީސްކަމަށް ކުރިމަތިނުލެވޭގޮތް ހެދީ، މީދުނިޔޭގެ އެއްވެސް ޤައުމެއްގަކުރާކަމެއްނުން، މިރައީސާ ވާދަކޮށްފާނެހެން ހީވާހުރިހާ އެންމެންނަށް ވާދަނުކުރެވޭ ގޮތްހަދާލީ