2 commission ah baaru dheefinama court ah dheefinama court ah dhaanan: Raees Yameen
image
4 ކޮމެންޓް
 

ދެ ކޮމިޝަނަށް ބާރުދީފިނަމަ ކޯޓަށް ދާނަން: ރައީސް ޔާމީން

މަރުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ގާނޫނީ ބާރު ދީފިނަމަ ސްޕްރީމް ކޯޓަށް ވަޑައިގަންނަވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. kobadoctor
ރައީސް ޔާމީން މިހެން ވިދާޅުވީ މިހާރު ޕީޕީއެމުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ދެ ކޮމިޝަން އުފައްދާ ކުރަމުން ގެންދަނީ ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުން ކުރަމުން ގެންދާ މަސައްކަތްތައް ކަމުގައެވެ. އަދި އެހެން މުއައްސަސާއަކަށް ދީފައިވާ ބާރުތައް ހަނިވާގޮތަށް ދެކޮމިޝަނަށް ބާރުތައް ދިނުން ގާނޫނު އަސާސީއާއި ގާނޫނުތަކުން ތަންދޭކަމަށް ގަބޫލު ނުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ކޮމިޝަނަށް ބާރު ދިނުމަށް ގާނޫނު ފާސްކޮށްފިނަމަ އެކަން ބަދަލުކުރުމަށް ކޯޓަށް ވަޑައިގަންނަވާނެކަމަށާއި ދެކޮމިޝަނަށް ބާރު ދިނުމަށް ކޯޓުން ނިންމައިފިނަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ހިޔާލު

ޣުއިއްޒު

މީނަގެ ވާހަކަތަކުން އެބަ އެނގޭ މިކަންކަމުގައި މީނަގެ އަތެއް ވާކަން.

މަރުމޯލު

ހަސަނައްހީވާނެ ފުޅައްބުޑުންދަންޏާ ކެޔޮގަނޑުކަނޑާފާނެހެން

ކާލި

ތިޔައުފައްދާ ކޮމިޝަނަށް ދޭން އުޅޭ ބާރު ދައުލަތުގެ ކަމާއި ގުޅުން ހުރި މުއައްސަސާޔަށް ދީގެން އެތަންތަން ބާރުވެރި ކުރުވާ އެތަން ތަނުގައި ތިބި ކޮރަޕްޓު މީހުން ދުރުކޮށް ތިޔަކޮމިޝަން ތަކުގައި ތިބި ނަޒާހަތްތެރިން ވައްދަންވީނުންތޯ ؟ ފުންނާބު އުސްމީހުން ތިޔަ ކޮމިޝަންގައި ތިބިތޯ ؟

ޢަމަން

ޙާދަބިރެކޭ މި މީހުން މިގަންނަނީ ކަމެއްވީމަތާ ދޯ