Vote Ge Kurin Balikuran Beynun Nama ACC Ah Dhey : Raees Yaameen
image
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ: ރައީސް އޮފީސް
24 ކޮމެންޓް
 

ވޯޓުގެ ކުރިން ބަލިކުރަން ބޭނުންނަމަ އޭސީސީއަށް ދޭ : ރައީސް ޔާމީން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލިކުރަން ބޭނުންނަމަ އެމަނިކުފާނާއި ގުޅިގެން ދެކެވެމުން އަންނަ ކޮރަޕްޝަނުގެ މައްސަލަތައް ހިފައިގެން އޮންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގޮސް އެކަން ސާބިތުކޮށްދިނުމަށް އެމަނިކުފާނު ގޮވާލައްވައިފިއެވެ. dhi2
ތ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިގަމިގިއްޔަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ނިޒާމު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ޔާމީނަކީ ކޮރަޕްޝަނުގެ މައްސަލަތައް ހުއްޓުވުމަށް މަސައްކަތް ނުކުރާ ފަރާތެއްކަން ރައްޔިތުންނަށް އެންމެ ފަސޭހައިން ވިސްނައިދީ އަދި އެމަނިކުފާނު ވޯޓުގެ ކުރިން ބަލިކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އެފަދަ ކޮރަޕްޝަނުގެ މައްސަލަތައް ހިފައިގެން އޭސީސީއަށް ދިއުން ކަމަށެވެ.

" މީގަ ރަނގަޅު ގޮތަކަށް ވާނީ އެބޭފުޅުން ވެސް ހިނގަވަން އޮތް މަގުން ހިންގަވާ. މިސަރުކާރުގަ އުޅޭ މިކަހަލަ ކަންކަމުގެ ވާހަކަ އެބޭފުޅުން ދައްކަވާ އެމްއެމްޕީއާރުސީގެ ވާހަކަ ދައްކާއިރު އަޅުގަނޑު ހަމަ އެބޭފުޅުންނާއި ވެސް އަދި ދިވެހި ރައްޔިތުންނާއި ވެސް ސުވާލުކޮށްލާނަން. އެމްއެމްޕީއާރުސީގެ ކޮރަޕްޝަން އޮތްކަން އަޅުގަނޑު ގަބޫލުކުރަން. އެކަމަކު ކޮރަޕްޝަން އޮވެގެން އެއަށް ހައްލެއް ހޯދުމަށް ނުވަތަ އެކަން ހުއްޓުވުމަށް އެބޭފުޅުންތޯ ޝަރީއަތައް ވަޑައިގަތީ. އެބޭފުޅުންތޯ މައްސަލަ ހުށަހެޅީ. ދިވެހި ރައްޔިތުންގެ ހައްގުގަ މިއިން އެެއްވެސް ކަމެއް އެބޭފުޅުން ނުކުރައްވައޭ. ހަމަ ސަރުކާރުން އެމައްސަލަ ތަހުގީގު ކުރީ ވެސް އަދި އެމައްސަލަ ޝަރީއަތަށް ފޮނުވީވެސް،" ދިޔަމިގިލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވިއެވެ.

ރާއްޖޭގައި އެފަދަ ބޮޑު ކޮރަޕްޝަނެއް ހިނގާ ދިޔައިރު އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށްޓަކައި އެފަދަ ކަންކަން ހިމާޔަތް ކޮށްދިނުމަށް އިދިކޮޅުން މަސައްކަތް ނުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވެއެވެ. އަދި އެފަދަ ކަންކަމާއި ގުޅިގެން އިންސާފެއް ނެތްކަމަށް ބުނާއިރު އިންސާފު ގާއިމުކުރާނީ ސިޔާސީ ފަރާތްތަކުން ނޫންކަމަށާއި އިންސާފު ގާއިމު ކުރާނީ އަދުލުގެ ނިޒާމު ނުވަތަ ގާނޫނު އަސާސީގައި އެކަން ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޕޯޑިއަމްތަކުގެ ފަހަތުގައި އިންސާފު ނެތްކަމުގެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި އިންސާފު ގާއިމުކުރެވޭނީ ކޯޓުތަކަށް ވަޑައިގެން އިންސާފު ނެތް މައްސަލަތަކަށް ވަކާލާތުކޮށްގެން ކަމަށެވެ.
ހިޔާލު

މުޙައްމަދު

އޭސީސީއަށް ނުދަނީސް ބަލިވެއްޖެދޯ؟

ހަބަރުދާރު

ދާންވީތަން އެނގޭނީ ކަލެއަކަށްނޫން، ދާންވީ ތަންތަނަށް ދާނެ، ކަލޭ ކެތްކޮއްބަލަ.

ވަހީދު

އޭސީސީ އޮތީ ރައީސްގެ ޖީބުގަ. ކޯޓްތައް ރައީސްގެ ޖީބުގަ. ދެން ރައީސް އާ ދެކޮޅަށް ކޮންތާކަށް މައްސަލަ ހުށަހަޅާނީ؟ ދަ ހޭގަށް ތަ؟

ާއާމިރު

ފުރަތަމަ ވެއްޖެއެއްނުން ކަލޭގެ އެކައުންޓުގެ ތަފްސީލު ތިބުނާ އޭސީސީ އަކަށްދޭން އެމީހުން ގައިމު އެކަމަށް އެދުނެއްނު! ބަލާއެއް ހުވާ.

ކާލި

ކެމްޕޭނުގެ ނަމުގައި ދިދަފަތި ދަމާ އިސްރާފު ކުރާބަޔެއް ބައިތުލް މާލުން ހިންގާ މަޝްރޫއުތަށް ފައްޓަވާ ނިންމަވަން ގޮސްފައި ސިޔާސީ ކޮސްގޮވަނީ ތިމާގެ ޕާޓީ ކުލަޖައްސައިގެން ތިކުޅެނީ ބައްކައްކާ !

ލަދު

އަޅުގަޑު ހުންނާނީ އަޅުގަޑު ގޭގައި ބައިތުލް މާލުން ހަރަދުކޮށްގެން ގެހަދާފަ ބޮޑު އަގުގައި ވިއްކާލާފަ އަނެއްކާ ބޮޑު ގެޔެއް ބައްލަވާގަތީ ހިލާލީގެޔަށް ބަދަލްވެ މުސާރަ އެއްކޮށް ނަގަންފެށީ .އަޅުގަޑު ނަގާނީ މުސާރައިގެ ބައިކުޅަބައި ބޮޑު އޮޅުވާލި މީހެއް !

ސިކުނޑި

އޭ ކަނޑާލާފަ ސީސީ އެކަނި ކިޔަންވީ! އެތަނުގެ ރައީސްއަށް އެނގޭ ޓިނު އަމުރު އަންނަކަން! އަދި ބަޔާންވެސް ދެއްވި! ކަނޑައެޅިގެން ކޮރަޕްޝަން ހިމެނޭ އަމުރެއްކން އެނގިހުރެ ނުހުއްޓުވިތާގައި އެމީހުނާ އިދިކޮޅަށް ބަޔާން ދިން ދުވަހަކީ އޭނަ މގާމުން އިސްތިއުފާން ދޭން ޖެހޭ ދުަވަސް! މިދެންނެވި ބީދައިން އިސްތިއުފާ ދޭން ނުޖެހޭ ހަމައެކަކުވެސް މިސަރުކާރަކުނެތް!

ޛާނު

ޢޭސީއައް ދިޔަސް އެތާގެއޮތީ އމިއްލަބާރުކަންއެގޭތީ ތިހެން ތިބުނަނީ..ރާއްޖޭގަ މިހާރަކުނެތް ރަގަޅައް މަސައްކަތްކުރާ އެންމެ މިނިވަން މުއައްސަސާއެއް.. ހިތާމަހުރިކަމެއް..

ކުރިނބި ލައްޗެ

އޭސީސީ އަށް ގޮސްގެން ކިހިނެތްތޯ ވާނީ؟ ހިތް ނުރުހޭ އެންމެ އަމުރެއް ކޯޓަކުން ނެރުނު ކަމަށްޓަކާ ކޯޓުގެ ޓިނު ނަގައިގެންވަދެ ފަނޑިޔާރު ދުވަސްދުއްވާލީ. ﷲ ގެ ވާގިފުޅާއެކު ކަލޭ ބަލިކުރާނީ ރައްޔިތުންގެ މެޖޯރިޓީ ވޯޓުން ހިތިގޮތަކަށް. ސާފުވެއްޖެ

ހަސަނު

ކޯޓަށް ދާށޭ ބުނީމާ ކޯޓަށް ދިޔައިމަ އެތާ ފުޜާޅު މަތިން އަރާ ބޮޑު ފަނޑިޔާރު ގެންދިޔައީ އެއްފައިގަ ހިފާފަ.. ދެން އޭސީސީ ގަ އެހެރީ ހަމ ައިލެކްޝަނުގާ ވެސް ހުރި ކަހަލަ ޔާމީނުމީހެއް.. ކޯޓެއް ފަނޑިޔާރުގެއެއް މުއައްސަސާއެއް ނެތް ޔާމީނު ގެ އެކްޓިވިސްޓުން ނޫން ބަޔަކުތިބި....

އައިޖޭ

ތިޔަ ވިދާޅުވަނީ، އޭސީސީ އަށް ގޮއްސިއްޔާމު ސާބިތު ވާނެ ކަމަށްތޯ...

އަހުމަދު

ތިޔަބުނާ ސީސީ އަކަށްދިއުމަށްވރެ ފަޅުރަށެއްގެ ބީޗަށްދިއުންވެސ1ް ރަގަޅު.

ފިރުޓޭ

އަނހާ ކޮބާހޭ އެކައުންޓަށް ޖަމާ ކުރި އެއް މިލިޔަން ޑޮލަރު؟

ޖޯކަރު

ހެކި އުފައްދާ ކަލޭގެ ހެކި ފޮރުވައިގެން ހުރެ ކޮސްގޮވަނީ

އިބްރާހީމު

ކޯޓަށް ދާށޭ ކިޔަކިޔާ ހުއްޓާ އެތަނުން ރަނގަޅު ހުކުމެއް ކޮށްލީމަ ވީވަރު ދިވެހި ރައްޔިތުން ފެކެފި. ނުބުންޏަސް ތިހުރިހާ ތަނަކަށް ކަލޯ އަދި ގެންދާނެ

މުއީޒު

ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީމަ ތިކަހަލަ ވާހަކަ ދައްކަން ކެރޭނީ. އޮޑިޓަރ ޖެނެރަލް މައްސަލަ ބެލީމަ ކިހިނެއް އޭނަ އަށޤ ހަދާލީ، އިމްރާނު އެވާހަކް ދެއްކީމަ އަދީބަކީ ހާލިދްބިން ވަލީދޭ ބުނީ ހަމަ ނޭގޭތީތޯ؟ އަދި ޖިނާއީ މައްސަލަތަކުގަ ކޯޓަށްދިއުން އެއީ އިދިކޮޅަށް ނޫނީ އާންމުންނަށް ކުރެވޭނެ ކަމެއްނޫންކަމާ، އެކަން ކުރަނޖެހެނީ ދައިލަތުންކަން މަނިކުފާނަށް ނޭގުމަކީ އިދިކޮޅުގެ މައްސަލައެއް ނޫން ދެއްތޯ!

ފަސް

ކޮނުނުވަރަކަށް ފަސް ގިނަވާނެތީ ނުކޮނެމިތިބެނީ ، ، މަނިކުފާނުގެ ސަރުކާރުގަ ޤާނޫނު ހިނގަނީ ހަމައެކަނި މަނިކުފާނު ބޭނުންވާ ބައެއްގެ މައްޗަށް އެކަނިނުންތޯ، ބަހަން ދިން ރިޝްވަތު ލާރިތައް ގޯންޏަކަށް އަޅައިގެން ކޮނޑަށްލައިގެން މަޖިލިސް މެ މްބަރުންނަށް ރިޝްވަތު ބަހަމުން މަމްބަރުންގެގާތަށް ދުވީ ތިމަންނާއޭ ބުނި މީހާ މަނިކުފާނަށް ތާއީދުކުރާތީ އިއްޒަތުގަ އަދިވެސް ބަހައޓާފަ ނުންތޯ އެހުރީ. ދެން އަންނަ ވެރިކަމެއްގަ ރިޝްވަތު ބެހި މީހާ އާއި ރިޝްވަތު ބަހަން ފައިސާދިން މީހާގެ މަެްސަލަ ބަލާ ޤާނޫނީ ފިއަވަޅު އެޅޭނެ އިންޝާﷲ

އަހުމަދު

މޮސްޓް ފަނީ ވާހަކަ އޭސީސީ ލުތުފީ އަކީ ޕީއޭ މީހެއް ކުރީގައި

ކުލުނު

އޭސީސީ އަށް އެކަންޏެއް ނޫންދޯ ދާންވީ މިގައުމުގަ ނެތް ތިމަނިކުފާނު ނުކުރައްވާ ކުށެއް އަރައިނުގަންނަ ހައްގެއް ވަގުތު ޖެހުނީމަ މައްސަލަ ބަލާނެ އިންތިޒާރު ކޮށްލައްވާ

ްޯްއޮއްއޯ

ޝަރީއަތަށް ދިޔައީ މަނިކުފާނު ހިތްހަމަޖެހޭވަރަށް މަނިކުފާނުގެ އެކައުންޓަށް ޖަމާނުވެގެންނޭކިޔާއަޑުއިވޭ

ކަނަމަދު ފާތުމާ

އިސްލާމިކް ބޭންކް ގަ ހުރި ކޮރަޕްޝަން ފައިސާ 1 މިލިޔަން ޑޮލަރު ކިހިނެތްވާނީ އޮޑިޓް އޮފީހަށް ހުށަހަޅާ އެސެޓްޑިކްލެރޭޝަން ފޯރމްގަ ޖެހިއްޔާ؟

ރިހާކުރުމޯލްޑިވެސް!

މައްސަލަލާފަ މައްސަލަ ނިންމާނީ ސަރުކާރުން ބޭނުންވާ ގޮތައް، ދުވަހުކުވެސް ނެތް ކުއްވެރިވެފަ، ސަރުކާރައް ސަނާކިޔާމީހަކު، ލާރިގޯނި މައްސަލަ ނުބަލަން ނިންމީ، ތިބުނާ މައްސަލަ އޭސީސީގަ ބަލަންހުރި މީހާބުނީ ކީކޭކަން އިންގޭނެ، “ ޔާމީން ގޮތް އިގެންޖެހޭނެއޭ”ތިމައްސަލިޔަސް ނިންމާނީ ޔާމީންއަކީ ހުދުކާފޫރު ކަމައް!

ޢައިޝާ

ޢިންސާފުނެތް ގައުމެއްގަ ކޮން އިންސާފެއްގެ ވާހަކައެއްތޯ. މިހަކުކީ އެއްޗެއްނޫން އަމިއްލަ އަނގައިންނޭ ހުރިހާ ވާހަކަ އެއްކިޔާދެމުން ތިދަނީ..ދެންކޮން އޭސީސީ އެއްތޯ؟

ޑިމޮކްރަސީ

މިޤަވްމުގެ އެބައޮތްތޯ އެއްވެސްމީހަކަށް އިންސާފް ލިބޭނެތަނެއް؟