MMPRC ge hiyaanaathuge mahsalaigai raees yameen ge faadukiun bank thakah!
image
ރައީސް ޔާމީން: ފައިލް ފޮޓޯ
7 ކޮމެންޓް
 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ ފާޑުކިއުން ބޭންކްތަކަށް!

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވައްކަން ނުވަތަ ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭއާއި ބޭންކް ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބޭންކުތަކަށް އަމާޒުކުރައްވާ ރައީސް ޔާމީން ވާޑު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ ބައެއް ފަރާތްތަކަށް ޓިކެޓް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ފިޔަވަޅު އެޅުއްވިކަމަށާއި ނަމަވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އެހެން ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާވެގެން ދިޔަގޮތާއިގުޅޭގޮތުން ބޭންކްތަކުގެ ކޮނެމެވެސް ލެވަލަކުން ޒިންމާ ނަގަން ޖެހޭކަމުގައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގަންނަވާކަމަށާއި ނަމަވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ބޭންކްތަކުން ޖަމާކޮށްދިނީ ކީއްވެތޯ ސުވާލު ކުރަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ކްރޮސް ޗެކްތަކެއް، ތަކުރާރުކޮށް އަމިއްލް ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކުރަމުން ގެންދިޔައިރު އެކަމާއިމެދު ބޭންކުތަކުންނާއި އެމްއެމްއޭއިން ފިޔަވަޅު އަޅަން ޖެހޭ ކަމުގައެވެ. އަދި އެފަދަކަމެއްގައި ބޭންކުތަކުން ފިޔަވަޅުނޭޅީ ކީއްވެތޯއާއި ދައުލަތަށް ވަންނަން ޖެހޭ ފައިސާގެ ޗެކްތައް ތަކުރާރުކޮށް އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކުރަމުން ގެންދިޔައިރު އެކަމާއި ބޭންކު ތަކުން ސުވާލު ނުއުފެއްދީ އަދި އެފައިސާ ޖަމާކޮށްދެމުން ގެންދިޔައީ ކީއްވެތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.
ހިޔާލު

އަސޭލާ

ބެންކު މެނޭޖަރ ގާސިމް އެކަން ފަޅާއަރުވާލީމާ އޭނާ ގެންގޮސްލީ ކުޑަގޮޅިއަށް. ދެން ތިބުނަނީ ބޭންކްތަކޭ ޒިންމާވާންޖެހޭނީ. ބޭންކް އެއިމާރާތުގެ ވާހަކަ ތޯ އެވިދާޅުވީ.

ާރެކިފުތާ

ނައިބު ރައީސް ބޮޑު ވަގަކަށް ހަދާ މަނިކުފާނުކުރަން ހުރި ވައްކަންތައް ނައިބުރައިސް ލައްވާ ކުރުވާކަން ބޭންކްތަކަށްވެސް އެނގޭ. އެހެންވީމާ އެއީ ސީދާ މަނިކުފާނު ގެ ކަމެއްކަން އިގުނީމާ ބިރުން އެކަމާ އަޅާނުލީ އެމީހުން ކުޑަގޮޅިއަށް ދާންޖެހިދާނެތީ.

ސަޢީދު

މީނަގެ އަސްލު އެއީ.. މަކަރުވެރި ކަމުގައި އެހެންމީހުން ބޮލަށް ކަނޑާލާފައި ބަޗަން އުޅޭނީ.. އެއީ ކަށީގައި ހިފާފައި ހުރިކަމެއް.. އެހެނަސް ރައީސްކަމުގައި ހުރިއިރު ދެއްކި ބިރެއްވެސް ހިތުހުރިހާގޮތަކަށް ދެއްކި ބިރެއްވެސް ނުދެއްކޭނެ..

ޙުސެން

ތިކަމުގަި ބަިވެރިވި އެއްމެން ހިފަާ ހައްޔަރުކޮށް އެބައިމީހުންގެ މައްޗަށް ޖިނާއީ ތަހުޤީޤެއްހިނގާ ފިޔަވަޅުއަޅަން ޖެހޭނެއެވެ. ޔަާމީން އަކީ މިކަމުގައިއެއްމެ އިސްވެ ހުންނެވިފަރާތްކަން ވަރަށް ސާފުކޮށް އެނގޭހިނދު ދިވެހި ފުލުހުން އެޭނާހިފާހައްޔަރުކޮށް،ޝަރީޢާތް ނިމެނދެން އެކެހެރިކޮށް ބަންދުގައި ބަހައްޓަން ޖެހޭނެއެވެ.

ލަދު

ބަލަ ބޭންކު އެއީ މީހުން ފައިސާ ދިނީމާ ރަތްކާކޮށް އެފައިސާ ނަގަން އައީމާ ދޫކުރާ ބަޔެއް' އެމީހުންގެ ބޮލުގައި ދައުލަތުން ގެއްލުނު ފައިސާގެ ޒިއްމާ ތިއަޅުވަނީ ކޮން އުސޫލަކުންތޯ ! ފައިސާ ވަގަށް ނަގާފަ އެހެން މީހުންގެ ބޮލުގައި އެޅުވުމަކީ ކަމުދާގޮތެއްތޯ ؟

ސޭޓުގެ އަނބިމީހާގެ ފިރިމީހާ

ދައުލަތުގެ އެންމެހައިކަންތައްތައް އަމާނާތްތެރިކަމާއިއެކު ކުރުމަށް ހުވައިކޮށް ވެރިކަމުގައި ހުންނެވިއިރު ތިވާހަކަދެއްކިމީހަކުވެސް ކޮށްލެއްވީ ހަލާކެވެ. އެކަން ހިނގާކަން އެނގުނުހިސާބުން ފިޔަވަޅުނާޅައި، އެކަންކުރިޔަދީ، އަދިނުވިތާކަށް އަމިއްލައެކައުންޓަށް އެއިންބައެއް ވަދެގެންދިޔައިރު ޗުއްޕުވެސްނުބުނެހުރެ، ވެރިކަމުގައި ހުރިއިރު އަޅައިނުލާހުރެފައި، މިހާރު ބަޔަކު އެކަމުގެ އެންމެފުންމިނަށް ދާންއުޅެންފެށީމައި ކޯޓަށްދާންބުނެ، ބޭންކުތަކުގެބޮލުގައި ޒިންމާއަޅުވަންއުޅެނީ ކީއްވެކަން ދިވެހިރަޢިއްޔަތުންނަށް ރަނގަޅަށް އެނގެއެވެ. ރަޢިއްޔަތުންނަކީ ބީތާވެފައިތިބިބައެކޭހީކޮށް، އެންމެންގެލޮލުގައި ތަރައްޤީގެ އަނދުން އަޅުވާހެދިއިރު ރަޢިއްޔަތުން ކެއްކުރީ ވޯޓާއިހަމައަށް ދާންދެންކަން ޤަބޫލެއްނުކުރެވުނެއްނޫންތޯއެވެ! ކަންވާނީވެސް އެހެންނެވެ.
މިހާރު ތިގޮތަށް އުޅުއްވާނެކަމެއްނެތެވެ. ބޭންކުތަކުގެބޮލުގައި ޒިންމާއަޅުވާކަށް އުޅޭނެކަމެއްނެތެވެ.

ޑިމޮކްރަސީ

ގަދަ ހުރިހާކަމެއް މަގުފަހިކޮަށްދިން މީހުންގެބޮލައްކަޑާލީ