Riyaasee Candidatunge Nanthah Tharutheebu Kurun Honihiru dhuvahu
image
އިދިކޮޅު ކެންޑިޑޭޓު އިބޫއާއި ރައީސް ޔާމީން---
3 ކޮމެންޓް
 

ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން ހޮނިހިރު ދުވަހު

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައްް ތަރުތީބު ކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. Dhiraagu
އިލެކްޝަނުން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 ގައި ބާޖަމާލުއްދީންގައި ހުންނަ އިންތިހާބީ މަރުކަޒުގައެވެ.

އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވާ އިރު ކުރިމަތި ލެއްވީ ތިން ފަރާތަކުންނެވެ. އެއީ އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހާއި، ރައީސް އަބްދުﷲ ޔާމީނާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި ހުސައިން ނަސީރެވެ. އޭގެތެރެއިން އިބޫއާއި ރައީސް ޔާމީންގެ ފޯމު އިލެކްޝަނުން ބަލައިގަނެފައިވާ އިރު ހުސައިން ނަސީރުގެ ފޯމު އިލެކްޝަނުން ވަނީ ބާތިލުކޮށްފައެވެ.

ހުސައިން ނަސީރުގެ ފޯމު ބާތިލު ކުރި މައްސަލަ މިހާރުވަނީ ހައިކޯޓަށް ހުށަހަޅާފައެވެ.

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވާ އިރު އިންތިހާބުގައި ވޯޓުލުމުގެ ހައްގު 260000 ވުރެ ގިނަ މީހުންނަށް ލިބެއެވެ.
ހިޔާލު

ލަކޫ

ސިޔާސީ ކެޑިޑޭޓުންގެ މެނިފެސްޓޯގައި ދީނީ ސިޔާސަތު އޮތުމަކީ ރަގަޅުކަމެއްނޫން އެއީ ދިވެހިރާއްޖޭ ސިޔާސީ އެންމެ ބޮޑު މެނިފެސްޓޯ ކަމުގައިވާ ޤާނޫނުއަސާސީގައި ދައުލަތުގެ ދީނީ ސިޔާސަތު ބަޔަކަށް އެޔާއި ނުކުޅެވޭވަރަށް ސާފުކޮށް ބަޔާންކުރެވިފައިވާތީ ކެޑިޑޭޓެއްގެ މެނިފެސްޓޯއަކީ ވައުދެއް ކަމަށްވާތީ ޤާނޫނުއަސާސީގައި ދައުލަތުގެ ދީނީ ސިޔާސަތަކީ ވައުދެއްގެ ގޮތުގައި އޮތްއެއްޗަކަށްނުވާތީ !

މަލަކުރި

ޔާމީންގެ ނަންބަރަކީ 2 އަދި އިބޫގެ ނަންބަރަކީ 1 މިއީ މިކަން ތަރުތީބު ވާނެ ކަމަށް ބެލެވޭގޮތް

ގާޒީ

ވަރައްބާވަރު ކެޑިޑޭޓުން ތިބީތޯ?