En hifan feeni 3 meeheh ge haalu boduve ekaku maruvejje
image
އެން ހިފަން ފީނި ތިން މީހެއްގެ ހާލު ބޮޑުވެ އެކަކު މަރުވެއްޖެ
0 ކޮމެންޓް
 

އެން ހިފަން ފީނި ތިން މީހެއްގެ ހާލު ބޮޑުވެ އެކަކު މަރުވެއްޖެ

ގދ "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓް" ކައިރިޔަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެންހިފުމަށްޓަކައި ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހެއްގެ ހާލު ބޮޑުވެ އެކަކު މަރުވެއްޖެއެވެ.
ރޭ ފަތިހުހިނގި މިހާދިސާގައި ހާލު ބޮޑުވި މީހުންގެ ތެރެއިން އެކަކު މަރުވީ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

އެމްއެންޑީއެފުންފުނީ މި ޙާދިޞާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާ އަށް އަންގާފައިވަނީ ގދ ތިނަދޫ ޕޮލިސް ސްޓޭޝަނުން ރޭ ފަތިހު 5:14 ހާއިރުކަމަށާއި ރިޕޯރޓް ލިބުމާއި އެކު ގދ. ތިނަދޫ ސީ އެމްބިއުލާންސް ވަނީ މި ދޯނި އޮތް ސަރަހަށްދަށް ގޮސް ހާލު ދެރަ ތިން މީހުން އަރުވައިގެން މިއަދު ހެނދުނު 6:05 ހާއިރު ގދ. ތިނަދޫ އަށް ގެންގޮސްފަ ކަމުގައެވެ.

ފީނަން ފޭބި ތިން މީހުންގެ ތެރޭގައި ހިމެނެނީ ހުސް ދިވެހިންނެވެ. މި މީހުންގެ ތެރޭގައި 37 އަހަރާ 24 އަހަރު އަދި 31 އަހަރުގެ މީހެއް ހިމެނެއެވެ.

މީގެ ތެރެއިން މަރުވެފައިވަނީ 37 އަހަރުގެ މީހާއެވެ. އުމުރުން 24 އަހަރުގެ ޒުވާނާ ހާލު ދެރަވެގެން އިތުރުފަރުވާޔަށް މާލެ ގެނައުމަށް މަސައްކަތް ދަނީ ކުރަމުންނެވެ. 31 އަހަރުގެ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހިޔާލު