Khadheeja ge beys faruvage huriha haradheh NSPA in kohdhenee
image
ހަދީޖާގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް އެންސްޕާއިން ކޮށްދެނީ
0 ކޮމެންޓް
 

ހަދީޖާގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް އެންސްޕާއިން ކޮށްދެނީ

ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާ ހދ ނޮޅިވަރަމްފަރަށް އުފަން ހަދީޖާ ހަސަނުގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ކަވަރުކޮށްދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ނިންމައިފިއެވެ. leaward
ހަދީޖާގެ ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް ސީއެމްއެމްގައި އިއްޔެވަނީ އާޓީކަލެއް ލިޔެފައެވެ.
ހަދީޖާގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސާފައިވާކަމަށް އެންސްޕާއާއި ހަވާލާދީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފް ވިދާޅުވީ ސީއެންއެމްގެ ލިއުމާއިއެކު ޑރ މައުރޫފް ހުސައިން ކުރެއްވި ޓްވިޓަކަށް ދެއްވި ރިޕްލައިގައެވެ.
މަހްލޫފް ވިދާޅުވީ ހަދީޖާގެ އޮޕަރޭޝަން ކުރުމަށް އަންނަ އާދީއްތަ ދިވަހަށް ޝެޑިއުލްކޮށްފައިވާއިރު، އެކަމާއިގުޅޭ މެޑިކަލް ހުރިހާ ހަރަދެއް ކޮށްދިނުމަށް އެންސްޕާއިން ނިންމާފައިވާ ކަމުގައެވެ.

އުމުރުން 57 އަހަރުގެ ހަދީޖާގެ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާކަން މީގެ ދެދުވަސް ކުރިން އެނގުން އިރު ބައްޔަށް ފަރުވާ ކުރުމަށް އޭނާ މިހާރު އޮތީ އޭޑީކޭގައި އެޑްމިޓުކޮށްފަ އެވެ.
ހިޔާލު