Feenan ulhenikoh haalu dheravi ekaku male genesfi
image
ފީނަން އުޅެނިކޮށް ހާލުދެރަވި އެކަކު މާލެ ގެނެސްފި
0 ކޮމެންޓް
 

ފީނަން އުޅެނިކޮށް ހާލުދެރަވި އެކަކު މާލެ ގެނެސްފި

ގދ "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓް" ކައިރިޔަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެންހިފުމަށްޓަކައި ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހެއްގެ ހާލު ބޮޑުވި އެކަކު މާލެ ގެނެސްފިއެވެ. dhi2
އެމްއެންޑީއެފުންބުނީ ހާލު ސީރިއަސްވި 24 އަހަރުގެ މީހާ މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދާ ކަމުގައެވެ.

ރޭ ފަތިހުހިނގި މިހާދިސާގައި ހާލު ބޮޑުވި މީހުންގެ ތެރެއިން އެކަކު ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށްވަނީ މަރުވެފައެވެ. މަރުވެފައިވަނީ 37 އަހަރުގެ މީހެކެވެ.

މި ދެމީހުންގެ އިތުރުން 31 އަހަރުގެ މީހެއްވެސް މިހާދިސާގައި ހޮސްޕިޓަލަށް ގެންދެވިދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފް
ހިޔާލު