Udhuhunthakuge aguheyo kurumuge masahkaiyydhanee kuramun: Minister
image
އުދުހުންތަކުގެ އަގު ހެޔޮކުރުމުގެ މަސައްކަތްދަނީ ކުރަމުން: މިނިސްޓަރު
4 ކޮމެންޓް
 

އުދުހުންތަކުގެ އަގު ހެޔޮކުރުމުގެ މަސައްކަތްދަނީ ކުރަމުން: މިނިސްޓަރު

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމުގެ މަސައްކަތްދަނީ ކުރަމުންކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. muni
އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި އެކަންވަނީ ހިމަނާފައެވެ.

ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ އުދުހުންތަކުގެ އަގު ހެޔޮ ކުރުން ފަދަ ލަނޑުދަނޑިތަަކަށް ވާސިލްވުމުގެ މަސައްކަތްތައް މިހާރުވެސް ފެށިފައިވާކަމުގައެވެ. އަދި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ދަތުރުފަތުރުގެ ދާއިރާއަށް އޮތީ ވަރަށް ފާގަތި މުސްތަގުބަލެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަދަނީ ވައިގެ ދަތުރުފަތުރު އިޤްތިސޯދީ މަންފާ ލިބޭނެ ފަދަ ދާއިރާއެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ތަކުގެ އަމަލީ މަސައްކަތާއި ހަމައަށް ވާސިލްވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖަޒީރާ ވަންތަގޮތެއްގައި ރާއްޖެ ގުޅާލުމަށް ބޭނުންވާ ފެރީ ހިދުމަތްތައް ރަނގަޅު ކުރުމުގެ ވައުދު 100 ދުވަހުގެ ތެރޭގައި ފުއްދޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.







ބަ
ހިޔާލު

މަރުމޯލު

އަދިވެސް ފެނަކާގެބިލްތަކުންދަނީ ބޮޑެތިއަދަދުތަކުން ރައްޔިޔުން ފެލާލަމުން ސަރުކާރުން އަވަސް ހައްލެއްބޭނުން

އައިސަތު

އަޅޭ. ހިތްބިރުގަންނަނީ

ޢަބުދުﷲ

ޜާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ނަގާއަގަކީ ހުރިހައި ދަތުރުވެރީންއަތުން އެއްހަމައަކުން ނެގޭ އަގެއްކަމުގައި ހައްދަވާ. ޜާއްޖޭގައި ގެސްޓުހައުސް ވިޔަފާރި ފުޅާވަމުންދާއިރު މިކަމައް އެއްމެ ބޮޑު ހުރަހަކައްވެފައި މިވަނީ ފުލއަިޓު ޓިކެޓުގެ އަގު. ޢެއްފުލައިޓަކުން އެއްހިދުމަތެއް ލިބިގެންދާ ދެމީހުންގެ އަތުން ތާފާތު ދެއަގެއް ނެގުމަކީ ބޭ އިންސާފެއް.

ސޭޓުގެ އަނބި މީހާގެ ފިރިމީހާ

ޔާމީނު ކުރި މަސައްކަތުގެ ފޮނި ބޯން ތިލިބުނީ އައިޝާއަށް... 99 ދުވަސް ވާދެން ޓިކެޓަކުން އެއްތަނކޮޅުވެސް ހެޔޮނުކުރާތި... އޭރުން އަޅާ ބައި ބޮޑުވާނީ