Nuhaggun Aniyaalibunu 500 Meehunge Massala Raees Offihah
image
0 ކޮމެންޓް
 

ނުހައްގުން އަނިޔާލިބުނު 500 މީހެއްގެ މައްސަލަ ރައީސް އޮފީހަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވާލި ފުރުސަތުގައި ނުހައްގުން އަނިޔާ ލިބުނު 500 މީހެއްގެ މައްސަލަ މިއަދު ރައީސް އޮފީހަށް ހުށަހަޅައިފިއެވެ.
ނުހައްގުން އަނިޔާ ލިބުނު 500 މީހެއްގެ މައްސަލަ ހުށަހަޅުއްވާފައި އެމްޑީޕީގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރެވެ.

ނާޒިމް ވިދާޅުވީ އެ 500 މީހުންނަކީ 2012 ވަނަ އަހަރުން ފެށިގެން އެކިއެކި މައްސަލަތަކުގައި ހައްޔަރުކޮށް އަދަބު ދެވިފައިވާ ފަރާތްތައް ކަމަށެވެ. އެގޮތުން މޭޑޭ މުޒާހަރާއާއި، ތިނަދޫގައި ހިނގި ކަންތައްތަކާއި އޭގެ ފަހުން އެސްއޯއީ އިއުލާން ކޮށްގެން ހިންގި ކަންތައްތަކުގައި އަދަބު ލިބުނު ފަރާތްތައް ކަމަށް ނާޒިމް ވިދާޅުވިއެވެ.

" މިމައްސަލަތަކުގައި ހިމެނެނީ ވޭތުވެދިޔަ ފަސް އަހަރުގެ ހައްޔަރު ލިސްޓަކާއި ކޯޓު އަމުރުތައް. އޭގެ ތެރޭގައި މޭޑޭގެ 212 މީހުންނާއި، 2012 ވަނަ އަހަރު ތިނަދޫ މައްސަލާގެ 94 މީހަކާއި، އެސްއޯއީ އިއުލާންކޮށްގެން ހައްޔަރުކުރި 100 މީހުން. އޭގެ އިތުރަށް މޭޑޭއާއި އެސްއޯއީއާއި ދެމެދު ރަށްރަށުންނާއި މާލެއިން ނުހައްގު އަދަބު ލިބުނު މީހުން" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ހުށަހެޅުއްވި މީހުންގެ ތެރޭގައި ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ދުއާ ކުރަން ތިއްބާ ހައްޔަރު ކުރި މީހުންގެ މައްސަލަތައްވެސް ހިމެނެއެވެ.

ރައީސް އޮފީހުން މި މައްސަލަތައް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ރައީސް އޮފީހުން ހުޅުވާލާފައި ވަނީ 1 ފެބްރުއަރީ 2012 ގެ ފަހުން، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ބަންދުކުރެވި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅާފައިވާ ފަރާތްތަކާއި، ޙުކުމްތައް ކުރެވި އެ ހުކުމްތައް ތަންފީޒުކުރަމުންދާ ފަރާތްތަކުން، ޝަކުވާ ހުށައެޅުމަށެވެ.
ހިޔާލު