Miadhu Majilees Kuriahgendhany Gavaaidhaa Hilaafah: Azim
image
މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް: ފައިލް ފޮޓޯ މަޖިލިސް
0 ކޮމެންޓް
 

މިއަދު މަޖިލީސް ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފަށް: އާޒިމް

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފަށްކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކުގެ ތިން ވަނަ އިސްލާހު އުވާލުމުގެ ބިލު ބަލައިގަތުމަށް މަޖިލީހަށް ޖުމްހޫރީ ޕާޓީއަށް ނިސްބަސްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް އިސްލާހު ހުށަހެޅުއްވިއިރު ކޯރަމް ހަމަނުވާކަމަ ވިދާޅުވެ އާޒިމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ.

"މަޖިލީހުސް ފެށިއިރުގަ ވޯޓަށް އެއްސެވިއިރު އެއްސެވީ މަޖިލީހުގެ ގަވާއިދާ ހިލާފަށްކަމަށް އަޅުގަނޑު ދަންނަވާލަން. ތިންކިއުން އެއްފަހަރާ އިއްވުމަމުން.. (މަޖިލިސް ފެށީ). 37 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގާނޫނީ އަދަދު ހަމަވިތޯ ރިޔާސަތުން ބަލައި އަދަދު ހަމަކުރުމަށްފަހުގަ މަޖިލީސް ފަށަން ޖެހޭނެކަމަށް. ކުރިން އެވޯޓު ނެންގެވިއިރުގައި މި މަޖިލީހުގަ ގާނޫނީ އަދަދެއް ހަމައެއް ނުވޭ. މިވަގުތު މަޖިލީސް ކުރިއަށް މިގެންދެވެނީ ގަވާއިދާ ހިލާފަށްކަން އަޅުގަނޑު ދަންނަވާލަން،" އާޒިމް ވިދާޅުވިއެވެ.

މި މައްްސަލައަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ވޯޓަށް އެހީ އަދަދު ހަމަވާތީކަމަށެވެ.

އެހެން ނަމަވެސް މިމައްސަލައިގަ އާޒިމް ގޮތް ދުލެއް ނުކުރެއްވިއެވެ. މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލަށް ބަހުސް ކުރަން ފުރުސަތު ލިބިވަޑައިގަތުމުން ވެސް އާޒިމް ވަނީ ގާނޫނާއި އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދިއުމަށް އެދިލައްވާފައެވެ.

ޖަވާބުގައި ގާސިމް އިބްރާހިމް ވިދާޅުވީ "މަޖިލީސް ހިންގަނީ ގާނޫނާ ގާނު އަސާސީއާއި ހިލާފަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާތީ އަޅުގަނޑި ވަރަށް ހިތާމަކުރަން. އެނޫން އެހެން ސިފައެއްގައި ވާހަކަފުޅު ދައްކަވަން ފުރުސަތު އަރުވަން" ކަމަށެވެ.

ގާސިމަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ މަޖިލިސް ގާނޫނު އަސާސީއާ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދިއުމަަށް ތަކުރާރުކޮށް އެދިލައްވާކަަމަށެވެ.

"މިއަދު މިކަން ހިނގާ މިދިޔައީ އެ ބީދައިން. މީގެ ކުރިން ދާބީދައިން. އެހެން ވީމަ އެގޮތަށް މާދަމާގެ ޖަލްސާވެސް ކުރިއަށް ނުގެންދިއުމަކީ އަޅުގަނޑު ހަމަޔަގީނުން ވެސް ގަބޫލުކުރާކަމެއް ނޫން،" އާޒިމް ވިދާޅުވިއެވެ.

މި މައްސަލައިގައި ދެ ވަނަ ނިޒާމީ ނުކުތާއެއް ނަންގައި ތިން ވަނަ ފަހަރަށް ވެސް މައްސަލަ ރިޔާސަތުގެ ސަމާލުކަމަށް ގެނައުމަށް އާޒިމް މަސައްކަތް ވެސް ކުރެއްވިއެވެ. އެހެން ނަމަވެސް ރިޔާސަތުގައި އިންނަވައި ގާސިމް ވިދާޅުވީ އާޒިމްގެ ނިޒާމީ ނުކުތާއަށް ކުރިން ޖަވާބު އަރުވާފައިވާކަމަށެވެ.

މަޖިލީހަށް ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުލަތީފް ހުށަހަޅުއްވާފައިވާ ބިލާމެދު މިއަދު މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ މެމްބަރުންނާ ޕީޕީއެމްގެ މެމްބަރުންނާ ދެމެދު ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ. އެމްޑީޕީ މެމްބަރުން ބުނަމުން އަންނަނީ ޕްރައިމަރީން ބަލިވާ މެމްބަރުންނަށް އިންތިހާބުތަކުގައި ވާދަކުރަން ތާއީދު ނުކުރާކަމަށެވެ.
ހިޔާލު