Cheat India ge Trailer Nerefi
image
ޗީޓް އިންޑިއާގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

ޗީޓް އިިންޑިއާގެ ޓްރެއިލާ ނެރެފި

ސޯމިކް ސެން ޑައިރެކްޓުކުރާ ފިލްމު "ޗީޓް އިންޑިއާ"ގެ ޓްރެއިލާ ނެރެފިއެވެ.
ތައުލީމީ ނިޒާމުގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކުގެ މައްޗަށް އުފައްދާ އެފިލްމުގެ ޓްރެއިލާ އިއްޔެ ނެރެފައިވާއިރު ގިނަ ބަޔަކަށް ވަނީ އެޓްރެއިލާ ކަމުގޮސްފައެވެ. މިހާ ތަނަށް ނުވަ ހާހަށްވުރެ ގިނަ މީހުން ޓްރެއިލާ ބަލާފައިވާއިރު މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

އިމްރާން ހާޝްމީ ލީޑު ރޯލުން ފެނިގެންދާ އެފިލްމުގައި އޭނާ އާ އެކު ލީޑު ބަތަލާގެ ރޯލުން ފެނިގެންދަނީ ޝްރެޔާ ދަންވަންތަރީ އެވެ. ފިލްމުގެ ޝޫޓިން ޖުލައި މަހު ފަށާފާއިރު ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ.

އިމްރާން ހާޝްމީ އެންމެ ފަހުން ފެނިފައިވަނީ 2017 ވަނަ އަހަރު 'ބާދްޝާހޯ' އިންނެވެ. އެފިލްމަށް ފަހު އޭނާ މަސައްކަތް ކޮށްފައިވަނީ 'ޖީތޫ ޖޯޝް" ގައެވެ. މިއީ ޝްރެޔާ ކުޅޭ ފުރަތަމަ ބޮލީވުޑު ފިލްމެވެ. ސްރެޔާ މީގެ ކުރިން ފެނިގެންދިޔައީ ތަމަޅަ ފިލްމުތަކުންނެވެ. އެގޮތުން އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ޖޯޝް، ސްނޭހާ ގީތަމް އަދި ދަ ގާލް އިން މީ ހިމެނެއެވެ.
ހިޔާލު