Aa Safeerunah Majileehun Ruhun Dheefi
image
ރައްޔިތުންގެ މަޖިލިސް:___
0 ކޮމެންޓް
 

އައު ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

ރާއްޖޭގެ ފަރާތުން އދ. އަށް ކަނޑައަޅާ ދާއިމީ މަންދޫބާއި، ބައެއް އެހެން ގައުމުތަކަށް ކަނޑައަޅާ ސަފީރުންނާއި އެކު ޖުމްލަ އަށް ބޭފުޅަކަށް ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލިހަށް ފޮނުވުމުން އެކަން ދިރާސާ ކުރުމަށްފަހު ގައުމީ ސަލާމަތު ކޮމެޓީ މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ ބޭފުޅުން ހޮވަން ފެންނަކަމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ކޮންމެ ސަފީރަަކަށްވެސް ވަނީ ވަކިވަކިން ވޯޓަށް އަހާފައެވެ.

އދ. އަށް ކަނޑައަޅާ ދާއިމީ މަންދޫބާއި، އެމެރިކާ އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހަށް ފާސްކޮށްފައިވަނީ ތިލްމީޒާ ހުސައިންގެ ނަމެވެ.

ބްރަސަލްސްގެ ސަފީރަކަށް ގ. ފިޔާތޮށިގޭ، ހަސަން ސޯބިރު އާއި އިންޑިއާގެ ސަފީރަކަށް ހ. ދޫރިހާ، އާއިޝަތު މުހައްމަދު ދީދީ އަދި ލަންކާގެ ސަފީރަކަށް ހ. ހިކިފިނިފެންމާގެ، އުމަރު އަބްދުއްރައްޒާގް އައްޔަން ކުރުމަށް ވަނީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އޭގެ އިތުރުން ސިންގަޕޫރުގެ ސަފީރަކަށް ދަފްތަރު ނަންބަރު 4336، ޑރ. އަބްދުﷲ މައުސޫމް އާއި ޖަރުމަނު ސަފީރަކަށް ހ. ސީވީޑް، އަހުމަދު ލަތީފް އަދި އިނގިރޭސި ވިލާތުގެ ސަފީރަކަށް ހ. އަމީނީގެ، ޑރ. ފަރަހަނާޒް ފައިސަލްގެ އިތުރުން ލޭޝިއާގެ ސަފީރަކަށް ހ. އާޒާދެވާދީ، ވިސާމް އަލީ އައްޔަން ކުރުމަށް ވެސް ވަނީ މިއަދު މަޖިލީހުން ފާސްކޮށްފައެވެ.

ޖަރުމަނު ސަފީރަކަށް އައްޔަން ކުރަން ފޮނުވާފައިވާ ސީވީޑް ލަތީފަކީ އާ ސަރުކާރަށް ބާރުތައް ބަދަލު ކުރުމަށް އިންތިގާލީ މަރުހަލާގައި ރައީސް ސާލިހުގެ ފަރާތުން ކަނޑައެޅުއްވި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމު އަދާކުރެއްވި ބޭފުޅާ އެވެ. އަދި އޭނާ އަކީ އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފުގެ ބޭބެ އެވެ. އެމްޑީޕީ ސަރުކާރުގައި އޭނާ، ރާއްޖޭން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު އަދާކުރެއްވި އެވެ. އަދި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އައްޔަން ކުރެއްވި އިރު އޭނާ ހުންނެވީ އޮލިމްޕިކް ކޮމެޓީގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

އޭގެ އިތުރުން އިނގިރޭސި ވިލާތުގެ ސަފީރަކަށް އައްޔަން ކުރުމަށް މިއަދު ފާސްކުރި ޑރ. ފަރަހަނާޒް ފައިސަލް، އެމްޑީޕީ ސަރުކާރުގައި ވެސް ވަނީ އެ މަގާމު އަދާކުރައްވާފަ އެވެ.
ހިޔާލު