Gondithakuge Massalaigai Gasimge Hifehettumeh nei Thaureef Raees Solihah
image
3 ކޮމެންޓް
 

ގޮނޑިތަކުގެ މައްސަލާގައި ގާސިމްގެ ހިފެހެއްޓުމެއްނެތް ތައުރީފު ރައީސް ސޯލިހަށް

ކޯލިޝަން މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ގޮނޑިތަކުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަމަލުކުރައްވަމުންދާ ގޮތަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ތައުރީފް ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓިއަށް ވަކީލުންތަކެއް ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ރައީސް ސޯލިހް ޕާޓީތަކާއެކު އެއްބަސްވެ ވަޑައިގެންނެވި ގޮތަށް އަމަލު ކުރައްވާނެ ކަން އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުންގެ އަރިހުގައި ވަރަށް ސާބިތު ކަމާއެކު ދެންނެވި ދެންނެވުމަކީ ހިތްވަރާއެކު ސާބިތުވެ ހުންނެވި ކަމުގެ ހެއްކެއް ކަމަށެވެ.

"ވަރަށް އިހްލާސްތެރިކަމާއެކު އެމަނިކުފާނު (ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް) ވެވަޑައިގެންނެވި އެއްބަސްވުންތަކެއް، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކެއް، އެމަނިކުފާނު ކަންތައް ކުރެއްވި ގޮތް ދޫކޮށް ނުލައްވާނެ ކަމަށާއި މިހާރު އޮތް ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަން ވަރަށް ސާބިތު ކަމާއެކު ވިދާޅުވެދެއްވި. އެކަމަށްޓަކައި ހިފެހެއްޓުމެން ނެތް ޝުކލުރާއި އަސަރިބަހާއި ސާބަސް އެމަނިކުފާނަށް އަޅުގަނޑު އަރިސްކުރަން" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ މިއަދުގެ މަސްލަހަތު ހިފެހެއްޓެނީ ރައީސް ސޯލިހް ހިތްފުޅުގައި އޮތް އިހްލާސްތެރިކަމަކާއި، އަމާނާތްތެރި ކަމަކުން ކަމަށެވެ. އަދި ރައީސް ސޯލިހަކީ އިހްލާސްތެރި އަމާނާތްރެިއެއް ކަމާމެދު ޝައްކެއްވެސް ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެމަނިކުފާނު މިގައުމުގެ މަސްލަހަތާއި އަމާންކަން ދަމަހައްޓަން ވެވަޑައިގެންނެވި ވައުދުތަކާއި އެއްގޮތަށް ކަންތައްތައް ކުރެއްވުމަށް އެމަނިކުފާނު އެކުރައްވާ ހިތްވަރާއި، އެދައްކަވާ ސާބިތުކަމަށް އަދި ކެރިވަޑައިގަތުމަށް އަޅުގަނޑު އައްސަރިބަހާއި ސާބަސްދެން" ގާސިމް ވިދާލުވިއެވެ.

ގާސިމް ވިދާޅުވީ ރައީސް ސޯލިހަށް ޖުމްހޫރީ ޕާޓީގެ ފަރާތުންނާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ތާއީދު އަބަދުވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ގާސިމް މި މޭރުމުން ވާހަކަދެއްކެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ރައީސް ސޯލިހް މުލިއާގޭގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކަކުންނެވެ. މި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އެމްޑީޕީން 87 ގޮނޑިއަށް ވާދަ ކުރުމާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް އެދިވަޑައިގަންނަވާފައެވެ.
ހިޔާލު

މުހަންމާ

ބުރުމާ ބޭނުންހާ ގޮތަކަށް މިޤައުމު ބައްޓަމެއް ނުކުރެވޭނެ. ޤައުމަށް ދިމާވެފަވިވާ ހުރިހާ މައްސަލައެއްގެ އަސްލަކީ ތިޔަ ބުރުމާ. މާއްﷲ މިޤައުމު ބުރުމާގެ ކިބައިން ސަލާމަތް ކުރައްވާނދޭވެ. !!

ބެއްޔާ

ކަލޭމެން ގޮނޑި ބަހާ! އެކަމަކު ބުނަން ވޯޓްދޭން ތިބީ އަހަރުމެން ރައްޔިތުން! ގުނބޯ ނުހެއްދޭނެ! މަމީ އެމްޑީޕީ މީހެއް!

ސާތީ ހަފީޒް

ގާސިމު ބޭނުން ނޫންގޮތަކަށް އިބޫ ވާހަކައެއް ދައްކައިފިނަމަ ނުވަތަ ކަމެއް ކޮށްފިނަމަ ގާސިމްގެ ކުރިމަތީގައި އިބޫއަށްވުރެ ނުބައި މީހަކު ނުހުންނާނެއެވެ. ގާސިމް ބޭނުންވާހާ ގޮތަކަށް އިބޫ ކަންތައް ކުރަމުންދާހާ ހިނދަކު ގާސިމުގާތު އިބޫ ވަރެއް ނުހުންނާނެއެވެ. ގާސިމްބޭނުންވާ ގޮތްނޫން ގޮތަކަށް އިބޫގެފަރާތުން ކަމެއް ވެއްޖެތަ. އިބޫއަށްވުރެ ކަމުނުދާ ނުބައި މީހަކު ނުއުޅޭނެއެވެ. ދެން މަސައްކަތްފަށާނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާށެވެ. އެއީ ބަޣާވާތަކުން ވިޔަސް ވަރިހަމައެވެ.