Rishvathuge gothugai 1 dollar geni lorry driverakah dhauvaa kuranee
image
ސާބިތުވެއްޖެ ނަމަ ދެ ޑްރައިވަރުން ފަސް އަހަރަށް ޖަލަށް ލާނެ.-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

ރިޝްވަތުގެ ގޮތުގައި ޑޮލަރެއް ނެގި ޑްރައިވަރަކަށް ދައުވާ ކުރަނީ

ސިންގަޕޫރުގެ ކޯޖެންޓް ކޮންޓެއިނާ ޑެޕޯގައި މަސައްކަތް ކުރި ދެ ލޮރީ ޑްރައިވަރު، ރިޝްވަތުގެ ގޮތުގައި އެއް ޑޮލަރު ނެގި ކަމަށް ބުނެ އެ މީހުންގެ މައްޗަށް ދައުވާ އުފުލައިފި އެވެ. Dhiraagu
ކޮރަޕްޝަން އެންމެ މަދު ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ސިންގަޕޫރުން ބުނީ އެ ދެ ޑްރައިވަރުން ވަނީ މަސައްކަތް ލަސް ނުކުރާނެ ކަމަށް ބުނެ އެތައް ފަހަރަކު، އެތައް ބައެއްގެ އަތުން ރިޝްވަތުގެ ގޮތުގައި އެއް ޑޮލަރު ނަގާފަ އެވެ.

"ރިޝްވަތުގެ ގޮތުގައި ދިނީ އެއް ޑޮލަރުގެ ކުޑަ އަދަދެއް ދިން ނަމަވެސް، އެ މީހުންގެ މައްސަލަ ބެލޭނެ. ރިޝްވަތުގެ އަދަދު ކިތަންމެ ކުޑަ ނަމަވެސް އަދި ކޮންމެ ގޮތަކަށް ރިޝްވަތު ދިން ނަމަވެސް އެކަން ބަލައެއް ނުގަނެވޭނެ،" ސިންގަޕޫރުގެ ކޮރަޕްޝަން ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯ އިން ނެރުނު ބަޔާނެއްގައި ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލާގައި ދައުވާ ކުރަނީ، ސިންގަޕޫރުގައި މަސައްކަތް ކުރަމުން އަންނަ ޗައިނާގެ ދެ ޑްރައިވަރުން ކަމަށްވާ ޗެން ޒިލިއަންގް، 47، އަދި ޒަހައޯ ޔޫކަން، 43، ގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ ފަސް އަހަރުގެ ޖަލު ހުކުމަކާއި، 100،000 ސިންގަޕޫރު ޑޮލަރުގެ ބޮޑު ޖޫރިމަނާ އެެއް އަންނާނެ އެވެ.
ހިޔާލު