Corrections ge Iss verinege Sharuthah Badhalu Genan Faaskohfi
image
ކަރެކްޝަންގެސް އޮފިސަރުންތަކެއް: ފައިލް ފޮޓޯ
0 ކޮމެންޓް
 

ކަރެކްޝަންސްގެ އިސްވެރިންގެ ޝަރުތައް ބަދަލުގެންނަށް ފާސްކޮށްފި

ކަރެކްޝަންގެ އިސްވެރިންގެ ޝަރުތައް ބަދަލުގެނައުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.
ޖަލުތަކާ ޕެރޯލްގެ ގާނޫނަށް ރުކުމާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެގައިވަނީ، ކޮމިޝަންޑް އޮފިސަރަކު ކަމަށް ނުވިޔަސް، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރެވޭނެކަމަށެވެ.

މިޝަނާ އޮފް ޕްރިޒަންސް ނުވަތަ ޑެޕިއުޓީ ޕްރިޒަންސްގެ މަގާމަށް ބަދަލުގެނެވޭނީ ހޯމް މިނިސްޓްރީގެ ލަފާގެ މަތިންކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އަދި ކަރެކްޝަންސް އިން ބަލަހައްޓާ އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކުގެ ޑައިރެކްޓާ އޮފް ޕްރިޒަންސްގެ މަގާމަށް މީހުން އައްޔަން ކުރުމުގައި ވެސް ކޮމިޝަންޑް އޮފިސަރަކަށް ނުވިޔަސް، އެ މަގާމަށް އައްޔަން ކުރެވޭނެކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.
ހިޔާލު