Immigration Controller akah FA Fayaaz Ayyanukurany
image
މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާފައިވާ އެމްބެސެޑަރުގެ މަގާމަށް މުހައްމަދު ފަޔާޒް އައްޔަރު ކުރަނީ: ފައިލް ފޮޓޯ ރައީސް އޮފީސް
1 ކޮމެންޓް
 

އިމިގްރޭޝަން ކޮންޓްރޯލަރަކަށް އެފްއޭ ފަޔާޒް އައްޔަނުކުރަނީ

އިމިގްރޭޝަން ކޮންޓްރޯލަރަކަށް ޖުމްހުރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ މުހައްމަދު ފަޔާޒް (އެފްއޭ) އައްޔަނުކުމަށް ނިންމާފައިވާ ކަމަށް މީޑިއާތަކުގައި ހަބަރު ފެތުރިއްޖެއެވެ.
ފަޔާޒަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕިލިސްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އަދި މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާފައިވާ އެމްބެސެޑަރުގެ މަގާމުވެސް ރައީސް ޔާމީންގެ ސަރުކާރުގައި ފަޔާޒު ފުރުއްވިއެވެ.

އިމިގްރޭޝަން ކޮންޓްރޯލާކަމުގެ މަގާމުގައި މިހާރު ހުންނެވީ އަހުމަދު އަންވަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އަންވަރު އޮފީހަށް ނުނިކުންނަވާކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަންވަރު މަގާމުން ވަކިކުރިކަމެއް އަދި އެއްވެސް ރަސްމީ ސިފައެއްގައި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު

ޕޮއްކަނޑިމޭން

ތީ ބޮޑު ބާޤީއެއް! އަނެއްކާ ހިންނަވަރު ސޯލިހުގެ އިސްތިއުފާ ސިޓީ ރައީސްއޮފީހަށްވަދެ ފޭރިގަނެގެން ބޭންޖަހާފަ މަޖްލިސް ރައީސަށް ގެންގޮސްދީފާނެ! ސަމާލުވާތި ކުދިންނޭ!