Balivedhaane Kamuge Birugai Primary akai Nulai Libunu Ticket Yameen Dhookollanee
image
1 ކޮމެންޓް
 

ބަލިވެދާނެ ކަމުގެ ބިރުގައި ޕްރައިމަރީއާއި ނުލައި ލިބުނު ޓިކެޓް ޔާމީން ދޫކޮށްލަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް ޕީޕީއެމުން ޕްރައިމަރީއަކާއިނުލައި މިހާރުވެސް އެދާއިރާގެ މެމްބަރު ޔާމީން ރަޝީދަށް ދީފައިވާ ޓިކެޓަށް ވާދަ ކުރައްވާނަމަ ބަލިވެދާނެކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެ ޓިކެޓް ދޫކޮށްލައްވވަން ނިންމަވައިފިއެވެ.
ޔާމީން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރައިމަރީއަކާއި ނުލައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވައިފިނަމަ އޭނާ މަޖިލީސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ ޓިކެޓް ދޫކޮށްލަން ނިންމެވީ އެދާއިރާއަށް ޕީޕީއެމުން ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާތީ އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ޕީޕީއެމުން ވަނީ އެޕާޓިގެ ނަމުގައި މަޖިލިސް ތަމްސީލު ކުރައްވަމުން ގެންދަވާ 24 މެމްބަރަކަށް ޔާމީން ހިމެނޭ ގޮތަށް ޓިކެޓް ދީފައެވެ. މީގެ އިތުރަށް ކުރީގެ ބައެއް ވަޒީރުން ހިމެނޭ ގޮތަށް ޕާޓީއަށް އިހްލާސްތެރި 18 ބޭފުޅަކަށްވެސް ޕީޕީއެމުން ވަނީ ޕްރައިމަރީއާއި ނުލައި ޓިކެޓް ދީފައެވެ.

ޕީޕީއެމުން 42 ފަރާތަކަށް ޕްރައިމަރީއާއި ނުލައި ޓިކެޓް ދީފައިވާއިރު، އެޕާޓީން ބައެއް ދާއިރާތަކަށް ޕްރައިމަރީއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.
ޕީޕީއެމް
ހިޔާލު

ބެއްޔާ

ތީ މެންބަރކަން ލިބުނީމަ އެމްޑީޕީ އަށް ހަރާމް ކޯރު ވީމީހެއް! ދެން ނުހޮވޭނެކަން ޔަޤީން!