Primary in Balivaa Membarunah Inthihaabuthakah Kurimathilevey Islaahu Balaigenfi
image
އެމްޑީޕީ ޕްރައިމަރީގައި ވޯޓުލަނީ: ފައިލް ފޮޓޯ
0 ކޮމެންޓް
 

ޕްރައިމަރިން ބަލިވާ މެމްބަރުންނަށް ކުރިމަތިލެވޭ އިސްލާހު ބަލައިގެންފި

ޕްރައިމަރިން ބަލިވާ މެމްބަރުންނަށް ކުރިމަތިލެވޭ ގޮަތަށް ސިޔާސީ ޕާޓީތަކު ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ދިއްދޫ ދާއިރާގެ މެމްބަރު ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ފާސްކޮށްފިއެވެ.
އިސްލާހު ބަލައިގަތުމަށް ފަހު ވަނީ މި އިސްލާހު ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވާފައެވެ.

އަބްދުއްލަތީފް ހުށަހެޅުއްވި ބިލުގައި ވަނީ ސިޔާސީ ޕާޓީތަކުގެ ތިންވަނަ އިސްލާހު އުވާލުމަށެވެ. މި އިސްލާހަކީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެނޑިޑޭޓުންނަށް އިންތިހާބުތަކުގައި ވާދަނުކުރެވޭނެކަމަށް ބުނެފައި އޮންނަ އިސްލާހެކެވެ. ޕްރައިމަރީން ބަލިވާ މީހުންނަށް އަލުން ވާދަ ނުކުރެވޭގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކޮށްފައިވަނީ 2016 ވަނަ އަހަރު ޕީޕީއެމްގެ ފަރާތުން މެމްބަރު ސައުދު ހުސެން ހުށަހެޅުއްވި އިސްލާހެއް ފާސްކޮށްގެންނެވެ.

މަޖިލީހަށް ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުލަތީފް ހުށަހަޅުއްވާފައިވާ ބިލާމެދު މިއަދު މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ މެމްބަރުންނާ އެމްޑީޕީގެ މެމްބަރުންނާ ދެމެދު ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ. އެމްޑީޕީ މެމްބަރުން ބުނަމުން އަންނަނީ ޕްރައިމަރީން ބަލިވާ މެމްބަރުންނަށް އިންތިހާބުތަކުގައި ވާދަކުރަން ތާއީދު ނުކުރާކަމަށެވެ.


ހިޔާލު