Mifaharu Ehmme Molhu Actor akah Ranveer adhi Actress ah Alia
image
ރަންވީރާއި އާލިއާ---
0 ކޮމެންޓް
 

މިފަހަރު އެންމެ މޮޅު އެކްޓަރަކަށް ރަންވީރު އަދި އެކްޓަރެސްއަށް އާލިއާ

މިއަހަރަކީ ބޮލީވުޑަށް ވަރަށް ކާމިޔާބު އަހަރެކެވެ. ގިނަ ރީތި ފިލްމުތަކެއް މިއަހަރު ހަދާފައިވާއިރު މިދިޔަ އާދިއްތަ ދުވަހު މުމްބާއީގައި ވަނީ ސްޓާ ސުކްރީން އެވޯޑު ހަފްލާ ބާއްވާފައެވެ.
އެގޮތުން އެެންމެ މޮޅު އެކްޓަރަކަށް ރަންވީރު ސިންގް އަދި އެކްޓަރެސް އަކަށް އާލިއާ ބަޓް ހޮވިފައިވާއިރު ރަންވީރަށް އެއެވޯޑު ލިބިފައިވަނީ ޕަދްމާވަތް އިންނެވެ. އަދި އާލިއާ އަށް އެއެވޯޑު ލިބިފައިވަނީ ރާޒީ އަށެވެ.

އެންމެ މޮޅު ފިލްމަކަށް ސްތުރީ ހޮވިފައިވާއިރު އަލަށް ތައާރަފްވި ފަންނާނުން ތެރެއިން އެވޯޑު ހާސިލްކޮށްފައިވަނީ ދަޑަކް އާއި ބިޔޯންޑް ދަ ކުލައުޑް އިން އިޝާން ކައްޓަރަށެވެ. އަދި ޕަޓާކާއިން ރަދިކާ މަޑަން އަށެވެ.

ބޮލީވުޑުގެ ގިނަ ފަންނާނުން އެވޯޑު ހަފްލާގައި ބައިވެރިވެފައިވާއިރު ގިނަ ބަޔަކު ތިބީ އެވޯޑު ދިން ގޮތާމެދު ވަރަށް ހިތްހަމަ ޖެހިފައެވެ. މިދިޔަ އަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައިވަނީ އިރުފާނު ހާނަށެވެ. އަދި އެންމެ މޮޅު އެކްޓަރެސްގެ އެވޯޑު ލިބިފައިވަނީ ވިދްޔާ ބާލަން އަށެވެ.
ހިޔާލު