Kaiveni gai Baakeevi Kaanaa Kapil Hadhiya kuri NGO ah
image
ކަޕިލް ޝަރުމާ އާއި ގިންނީ---
1 ކޮމެންޓް
 

ކައިވެނީގައި ބާކީވި ކާނާ ކަޕިލް ހަދިޔާ ކުރީ އެންޖީއޯ އަށް

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާ، އޭނާގެ ލޯބިވެރިޔާ ގިންނީ ޗަޓްރަތާގެ ކައިވެނީގައި ބާކީވި ކާނާ ކަޕިލް ހަދިޔާ ކުރީ އެންޖީއޯ އަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކަޕިލް އާއި ގިންނީ މިމަހު 12 ގައި ޖަލަންދަރުގައި ކައިވެނިކޮށްފައިވާއިރު ކައިވެނީގައި ބާކީވި ކާނާ ކަޕިލް ހަދިޔާކޮށްފައިވަނީ އިންޑިއާގެ އަމްރިތްސަރުގެ އެންޖީއޯ އަކަށެވެ. ގިނަ ބައެއްގެ ތައުރީފު ކަޕިލް އަށް ލިބިފައިވާއިރު އެއީ ނަމޫނާއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކައިވެނީގެ ހަފްލާގައި އޭނާގެ ރަހުމަތްތެރިންނާނާއި އޭނާއާއެކު މަސައްކަތް ކުރާ ބައެއް ފަރާތްތައް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ކްރިޝްނާ އަބީޝޭކް އާއި ބާރްތީ ސިންގް އާއި ސުމޯނާ ޗަކްރުވަތީ، އަދި ހަރްޝް ލިންބަޗިޔާ ހިމެނެއެވެ. ކައިވެނީގެ ބައެއް ފޮޓޯ މިހާރު އާންމު ވެފައިވާއިރު ގިނަ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.

އުމުރުން 37 އަހަރުގެ ކަޕިލް އާއި 29 އަހަރުގެ ގިންނީ އެންގޭޖުވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެވެ. "ކޮމެޑީ ކިންގް" ގެ ނަމުން މަޝްހޫރު ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އެވެ. ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމެޑީ ޝޯތައް ކުރިއަށް ގެންގޮސްފައެވެ.
ކަޕިލް ޝަރްމާ
ހިޔާލު

ސަނީ

ދިވެހިން ނަމަ ގޮނޑަށް އުކާލާނީ. ވަރަށް ފޮނިބައެއް މި ދިވެހިންނަކީ. ކުރީގައި ދިވެއްސަކަށް ވީތީ ފަޚުރުވެރި ވަމޭ ބުނެލެވޭ ފަޚުރުވެރިކަމާއެކު.