Yeh Rishta Kya Kehlata Hai ge Naksh ah Anekka ves Badhaleh
image
ނަކްޝްގެ ރޯލުން ފެނިގެންދިޔަ ރޯހަން އާއި ރިޝީ---
0 ކޮމެންޓް
 

'ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ'ގެ ނަކްޝް އަށް އަނެއްކާ ވެސް ބަދަލެއް

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ" ގައި ނަކްޝް ނޭތިކް ސިންގްހާނިއާގެ ރޯލަށް އަނެއްކާ ބަދަލެއް އަންނަން އުޅޭ ކަމަށް އިންޑިއާ ހަބަރުތަކުން ބުނެފިއެވެ.
ނަކްޝްގެ ރޯލުން މީގެ ކުރިން ފެނިގެންދިޔައީ ރޯހަން މެހެރާއެވެ. އެރޯލު ރޯހަން ދޫކޮށްލުމާއެކު މިހާރު އެރޯލުން ފެނިގެންދަނީ ރިޝީ ދޭވް އެވެ. އެޝޯގައި ރިޝީ މަސައްކަތް ކުރާތާ ދެއަހަރު މިހާރު ވެފައިވާއިރު އޭނާ އެޝޯ ދޫކޮށްލަން ނިންމާފައިވާކަމަށް އެޝޯގެ ޕްރޮޑަކްޝަން ޓީމުގެ މެންބަރެއް ވަނީ ބުނެފައެވެ.

ރިޝީ އެޝޯ ދޫކޮށްލަން ނިންމާފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި އޭނާގެ ބަދަލުގައި އެރޯލުން ފެނިގެންދާނީ ކާކު ކަމެއް ވެސް އަދި އެނގިފައެއް ނުވެއެވެ.

ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. އެ ޝޯއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިހާރު އެޝޯގައި ލީޑު ރޯލަކުން ފެނިގެންދަނީ ޝިވާންގީ ޖީޝީ (ނައިރާ) އަދި މޮހްސިން ހާން (ކާތިކް) އެވެ.

ރިޝީ ވަނީ މީގެ ކުރިން ބަނީ އިންގް ދާ ކަލްމާ، ބާލިކާ ވަދޫ އަދި ބަޑޭ ބައްޔާ ކީ ދުލްހަނިޔާ އިން ފެނިފައެވެ.
ހިޔާލު