Thin Dharaja'akah Bahaalaigen Tharikaige Gaumee Listeh Ekulavaalany
image
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން: ފޮޓޯ ރާއްޖެ ޓީވީ
0 ކޮމެންޓް
 

ތިން ދަރަޖައަކަށް ބަހާލައިގެން ގައުމީ ތަރިކައިގެ ލިސްޓެއް އެކުލަވާލަނީ

ދިވެހިރާއްޖޭގެ ތަރިކަ ތިން ދަރަޖައަކަށް ބަހާލައި ތަރިކައިގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ހިނގަމުން އަންނަކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ހާމަކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ، ތަރިކައިގެ ލިސްޓު އެކުލަވާލަމުން ގެންދަނީ ގައުމީ ފެންވަރުގެ ތަރިކައާއި، އަތޮޅު ފެންވަރުގެ ތަރިކައާއި، ރަށު ފެންވަރުގެ ތަރިކަވަކިވަކީންކަމަށެވެ. ތިން ކެޓަގަރީއަކަށް ތަރިކަ ބަހައިލި ކަމުގައިވިއަސް ތިން ދަރަޖައިގެ ތަރިކަވެސް އެއް މިންވަރެއްގައި ހިމާޔަތްކޮށް ރައްކާތެރިކާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު މިހާތަނަށް ބައްދަލުކުރި ކައުންސިލްތަކުން، ހަމަވަރަށް ޝައުގުވެރިކަމާއެކީ އެބޭފުޅުން ވަޑައިގެން މި އެދެނީ މިތަންތަން އެބަހުއްޓޭ އެތަންތަން ރައްކާތެރިކުރަން ބޭނުމޭ. ފަތުރުވެރިންވެސް ޒިޔާރަތްކޮށް މިތަންތަން ބަލާލަން ބޭނުންވާނޭ،" ޔުމްނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ކަޅުވަކަރު މިސްކިތް ނަގާފައިވަނީ ގާނޫނާއި ހިލާފައްކަމަށެވެ. އެހެން ނަމަވެސް މިހަރު އޮތީ 1979 ވަނަ އަހަރު ވުޖޫދަށްއައިގާނޫނެއް ކަމަށެވެ. އެ ގާނޫނަށް ކިޔަނީ 'ދިވެހިރާއްޖޭގައި ހުރި އާސާރީ ތަކެއްޗާ އަދި ތަންތަނާ ބެހޭ ގާނޫން' އެވެ.

ޔުމްނާ ވިދާޅުވީ މި ގާނޫނަށް ގެންނަޖެހޭ ޒަމާނީ ބަދަލުތައް ގެނައުމުގެ މަސައްްކަަތް މިހާރުވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އެއީ 100 ދުވަހުގެ ތެރޭގައި ކުރަން ރައީސުލްޖުމްހޫރިއްޔާ ވެލައްފާއިވާ ވައުދެއްކަމަށެވެ.
ހިޔާލު