Raees Nasheed Majileehah Kurimathilehvumaky Hmamagah Elhey Braareh: Azim
image
މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމް
5 ކޮމެންޓް
 

ރައީސް ނަޝީދު މަޖިލީހަށް ކުރިމަތިލެއްވުމަކީ ހަމަ މަގަށް އެޅޭ ބާރެއް: އާޒިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމެވުމަކީ ހަމަމަގަށް ކަންކަން ގެންދިއުަމަށް އެޅޭ އިތުރު ބާރެއްގެ ގޮތުުގައި މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީއާޒިމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން މަޖިލީސް އިންތިހާބަށް ވާދަކުރަން ނިންމެވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފުކަމެއް ނޫންކަމަށެވެ. އަދި ޗެއާޕާސަން ހަސަން ލަތީފް ޕްރައިމަރީގައި ވާދަކުރުމަށް ވެސް އަސާސީ ގަވާއިދު ހުރަސް ނާޅާ ކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދު މަޖިލީހަށް ކުރިމަތިލައްވަންް ނިންމެވުމަކީ ގައުމު ހަމަމަގަށް ގެންދިއުމަށް އެޅޭ އިތުރު ބާރެއްކަމަށެވެ.

"މިގައުމު އަނެއްކާވެސް ހަމަމަގަށް އަޅުވަންޖެހޭނެ. އަޅުގަނޑު ގަބޫލުކުރާގޮތުގަ ރައީސް ނަޝީދު ނުކުމެވަޑައިގަތުމަކީ އަޅުގަނޑުމެންގެ ސިޔާސީ ކަންކަމަށް ލިބޭ ވަރަށް ބޮޑު ބާރެއް. މިފެންނަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގަ ރަނގަޅު ބޭފުޅުންތަކެއް ތިއްބަވައިގެން ރަނގަޅު ގާނޫނުތަކެއް ހަދައިގެން ދިވެހިރާއްޖެ ރަނގަޅު މަގަށް ނުކުތުމުގެ ވިސްނުމުގަ އުޅޭތަން އިނގޭތޯ،" އާޒިމް ވިދާޅުވިއެވެ.

ހިޔާލު

އަޙްމަދު

އާޒިމް އެހެންވީމާ މަޖްލީހުގައި ކަލޭމެން ކުރީ ކުރަނީ ކޮންކަމެއްތޯ. އެހެންވީމަ ކަލޭމެން ތިބުމުގެ ބޭނުމެއްނޫން. ކޮންމެ އަތޮޅަކުން މީހަކު ހޮވާއި މަޖްލީސް ކުޑަ ކުރަންވީ. ބޮޑުތަނުން ޙަރަދު ކުޑަވާނެ. ކުރެވޭ ވައްކަމާއި ކޮރަޕްޝަން މަދުވާނެ. ފަސާދަ މަދުވާނެ.

ޜަސްގެފާނު

ޢާޒިމް ހޭބަލިވެގެން ނޫޅޭ

ޑިމޮކްރަސީ

ޜައީސް ނަޝީދަކީ މިޤަވްމުގައި ހުންނެވި ހަމައެކަނި ރައްޔިތުންގެ އިޙްސާސް ތައް އެގި އެމަގަށް މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅަކީ އެކަންރައްޔިތުން ބަލައިގަންނާނެ އިންޝާ ﷲ

ނާއިބް

މީއީ ހަމަމަގުން ނެތްޓެން އުޅޭކަމުގެ އަލިގަދަ ހެއްކެތް.

އާކާސް މުހައިމިނު ކުޅުއްފުށި

ތަން ފަސާދަކުރާނެ ދާދާއެއް އެއީ