India Dhathurufulhah Fahu 3 Ministerku Japan ah
image
މިނިސްޓަރު އަމީރާއި، މިނިސްޓަރު ޝާހިދު އަދި މިނިސްޓަރު ފައްޔާޒު އިންޑިއާ ދަތުރުފުޅުގެ ތެރެއިން--
0 ކޮމެންޓް
 

އިންޑިއާ ދަތުރުފުޅަށްފަހު ތިން މިނިސްޓަރަކު ޖަޕާނަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއިއެކު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ތިން މިނިސްޓަރަކު ޖަޕާނަށް ވަޑައިގަންނަވައިފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއެކު އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިތުރު ދެ މިނިސްޓަރަކާއެކު ޖަޕާނަށް ވަޑައިގަންނަވާ ކަމަށެވެ.


މިނިސްޓަރު ޝާހިދު ވިދާޅުވީ އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއެކު ޖަޕާނުގެ އިސް އޮފިޝަލުންނާއި މަޝްވަރާކުރުމަށް ވަޑައިގަންނަވާ ކަމަށެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމާއެކު ފޮރިން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާއަށްވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެދަތުރުފުޅުގައި ރައީސް ސޯލިހް އިންޑިއާއަށް ރަސްމީ ދަތުރެއް ކުރެއްވުމަށާއި، އިންޑިއާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ވުމަށް އެއްބަސް ވެވުނެވެ.

މިނިސްޓަރުންތައް ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް، ދެ ގައުމުން އެއްގައުމު އަނެއް ގައުމަށް ވެވެން އޮިތް އެހީތައް ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ހިޔާލު