Amaankan Gaim Kureveynee Rangalhu Jeeleh Binaavegen: Naib Raees
image
0 ކޮމެންޓް
 

އަމާންކަން ގާއިމް ކުރެވޭނީ ރަނގަޅު ޖީލެއް ބިނާވެގެން: ނައިބް ރައީސް

ރާއްޖޭގައި އަމާންކަން ގާއިމް ކުރެވޭނީ ރަނގަޅު ޖީލެއް ބިނާ ވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުގެ ތެރޭގައި ހިމެނޭ ސުކޫލު ދަރިވަރުންނަށް ހެނދުނު ނާސްތާ ޕްރޮގްރާމް ފައްޓަވައިދެއްވަމުން ނައިބް ރައީސް ފައިސަލް ވިދާޅުވީ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވާ ކަމުގައެވެ. އެގޮތުން އެހެން ސަރުކާރުތަކުން ނުކުރާ ވަރުގެ ހޭދައެއް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް މި ސަރުކާރުން ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ އަޅުގަނޑުމެންގެ ގައުމުގައި އަމާންކަން ދެމިގެން ނުދާނެ" ފައިސަލް ވިދާޅުވިއެވެ.

ދަރިވަރުންނަށް ހެނދުނު ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ނައިބް ރައީސް ފައިސަލް ފައްޓަވައިދެއްވީ އަމީނިއްޔާ ސުކޫލުގައެވެ.

އެޑިއުކޭޝަން މިނިސްްރީން ބުނީ މިއަދުން ފެށިގެން އަތޮޅުތަކާއި މާލެއިން ހޮވާލެވޭ 25 ސުކޫލެއްގައި ނާސްތާ ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރު ޑރ.އައިޝަތު އަލީ ވިދާޅުވެފައި ވަނީ ދެވަނަ ސެމިސްޓާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ހެނދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށިގެންދާނެ ކަމަށެވެ.
ދަރިވަރުން
ހިޔާލު