coolie no.1 ge remake gai Varun aaeku Sara?
image
0 ކޮމެންޓް
 

"ކޫލީ ނަމްބަރު 1"ގެ ރިމޭކްގައި ވަރުން އާއެކު ސާރާ؟

ނަމްބަރު ވަންގެ ދަށުން ގެނެސްދީފައިވާ ސިލްސިލާ ފިލްމު ތަކުގެ ތެރެއިން "ކޫލީ ނަމްބަރު 1" ގެ ރިމޭކެއް ހަދަން ނިންމާފައިވާއިރު އެ ފިލްމުގެ ލީޑު ތަރިއެއްގެ ގޮތުގައި ފެނިގެންދާނެ ވަރުން ދަވަން އާއެކު އަރަމުން އަންނަ ތަރި އަދި ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން ކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެފިއެވެ. dhi2
އެކަހަލަ އަޑު ތަކެއް ފެތުރިފައި ނަމަވެސް ސާރާ އަދި އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އެހެން ނަމަވެސް ދާދި ފަހުން ގެނެސްދިން "ކޮފީ ވިތް ކަރަން"ގެ އެޕިސޯޑެއްގައި ވަރުން އާއެކު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ސާރާ ވަނީ ބުނެފައެވެ.

"ކޫލީ ނަމްބަރު 1" އަކީ 1995 ވަނަ އަހަރު ރިލީޒްކުރި ފިލްމެކެވެ. އެ ފިލްމުގެ ރިމޭކެއް ހަދަން ނިންމާފައިވާއިރު ނަމްބަރު ވަންގެ އެހެން ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ޑޭވިޑް ދަވަން އެވެ. އެ ފިލްމު ވެގެން ދާނީ ވަރުން އޭނާގެ ބައްޕަގެ ފިލްމަކުން ފެންނަ ތިން ވަނަ ފިލްމަށެވެ.

ސާރާ އެ ފިލްމުން ފެނުން ގާތް އިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރި "ސިމްބާ" އިންނެވެ. ސާރާގެ އެންމެ ފުރަތަމަ ފިލްމަކީ "ކެދާނަތު" އެވެ.
ހިޔާލު