Palak aai Tapasvi Mimahu Kaivenikurani
image
ޕަލަކް އާއި ތަޕަސްވީ---
0 ކޮމެންޓް
 

ޕަލަކް އާއި ތަޕަސްވީ މިމަހު ކައިވެނި ކުރަނީ

މަޝްހޫރު ޓީވީ އެކްޓަރެސް ޕަލަކް ޖެއިން އޭނާގެ ލޯބިވެރިޔާ އަދި ޓީވީ އެކްޓަރު ތަޕަސްވީ މެހްތާ އާ މިމަހު ކައިވެނިކުރަން އުޅޭކަމަށް އޭނާ ބުނެފިއެވެ. dhi2
އުމުރުން 24 އަހަރުގެ ޕަލަކް އާއި 26 އަހަރުގެ ތަޕަސްވީ މިމަހު 28 ވަނަ ދުވަހު ކައިވެނިކުރަން އުޅޭކަން އިންޑިއާގެ ނޫހަކަށް ކަށަވަރުކޮށްދީފައިވާއިރު ޕަލަކް ބުނީ އެދެމީހުން ދިމާވެފައިވަނީ އޮސްޓުރޭލިއާގައި ތަޕަސްވީގެ ފިލްމެއް ޕަލަކް ޕްރޮޑިއުސްކުރަން އުޅުމުގެ ތެރެއިން ކަމަށެވެ.

އެގޮތުން މިހާރު އެގުޅުމަށް އެއް އަހަރާއި ބައިވެފައިވާއިރު އެދެމީހުން މިހާރު ބޭނުން ވަނީ އެގުޅުން އިތުރު ހަރުފަތަކަށް ގެންދަން ކަމަށް ޕަލަން ވަނީ ބުނެފައެވެ.


View this post on Instagram

All suited up 👨‍💼 @palakjain786

A post shared by Tapasvi Mehta (@mtapas) on






ޕަލަކް އެންމެ ފަހުން ފެނިގެންދިޔައީ ލާޑޯ 2 އިންނެވެ. ޕަލަކް ވަނީ ކުރީގެ މަޝްހޫރު ޝޯ 'ސުނޭނާ' އިން ލީޑު އެކްޓަރެސްގެ ރޯލުން ފެނިފައެވެ. ޕަލަކް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ބަރްސާތު، ތެހްޒީބް، ޕަހޭލީ އަދި ވާހް! ލައިފް ހޭ ތޮ އޭސާ ހިމެނެވެ.

ތަޕަސްވީ ފެނިގެން ދިޔަ ބައެއް ޓީވީ ޝޯތަކުގެ ތެރޭގައި ޕަރްވަރިޝް، ޕަރްވަރިޝް: ކުޗް ކައްޓާ ކުޗް މީޓާ އަދި އިޝާން: ސަޕްނޯ ކޯ އަވާޒް ދޭ ހިމެނެއެވެ. ތަޕަސްވީ ވަނީ ސާވްދާން އިންޑިއާގެ އެޕިސޯޑުތަކުން ވެސް ފެނިފައެވެ.
ހިޔާލު