Passport Form Online koh Balaigannan Fashanee
image
އަންނަ ހަފްތާއިން ފެށިގެން ޕާސްޕޯޓް ފޯމް އީމެއިލް މެދުވެރިކޮށް ބަލައިގަންނަން ފަށާނެ.-- ފޮޓޯ: އިމިގްރޭޝަން
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ޕާސްޕޯޓު ފޯމް އޮންލައިންކޮށް ބަލައިގަންނަން ފަށަނީ

ޕާސްޕޯޓު ހެދުމަށް ހުށައަޅާ ފޯމު އަންނަ ހަފްތާ އިން ފެށިގެން އީމެއިލުން ކޮންމެ ރަށެއްގައި ހުރެގެން ވެސް ހުށައެޅޭނެ ގޮތަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ހޯދަން ލުއި ގޮތްތައް ތައާރަފް ކުރަން ނިންމާފައިވާ ކަމަށާއި، އެގޮތުން ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ތައާރަފުކުރާނެ ކަމަށް ކޮންޓްރޯލަރު ވިދާޅުވި އެވެ.

ކޮންޓްރޯލަރު ވިދާޅުވީ، ދެ އަހަރު ތެރޭ އަތޮޅު ކައުންސިލުން ޕާސްޕޯޓް ފޯމު ބަލައިގަނެ، ޕާސްޕޯޓް ސިސްޓަމަށް އެންޓާ ކުރެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއާ އެކު ޕާސްޕޯޓުގެ ހިދުމަތް ލިބުން އަވަސްވެގެން ދާނެ ކަމަށް ޑިސެންބަރު 23 ވަނަ ދުވަހު މަގާމާއި ހަވާލުވި މުހައްމަދު އަހުމަދު ހުސައިން ވިދާޅުވި އެވެ.

އިތުރަށް އޭނާ ވިދާޅުވީ ބިޒްނަސް ވިސާ ހޯދަން ބެނުންވާ ފަރާތް ތަކަށް، ވިސާއަށް އެދެތާ 48 ގަޑިއިރު ތެރޭގައި، ވިސާ ލިބޭނެ ކަމަށެވެ. މީގެ އިތުރުން އަންނަ ހަފްތާއިން ފެށިގެން އައްޑޫ ސިޓީ އިން ބިޒްނަސް ވިސާ ދޫކުރަން ފަށާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

ކޯޓާ ދޫކުރުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ވާހަކަދައްކަވަމުން، ހުސައިން ވިދާޅުވީ ކޯޓާ ދޫކުރުމުގައި ކޮރަޕޝަން ހިމެނޭ ކަމަށް ތުހްމަތުކުރާއިރު، ދޫކުރާ ކޯޓާގެ ތަފާސް ހިސާބު އިމިގްރޭޝަންގެ ވެބްސައިޓްގައި، މިމަހުގެ 24 އިން ފެށިގެން ޝާއިޢުކުރަން ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ހިޔާލު