MDP Primary: thinadhoo dhekunu vote alun gunumunves natheeja ah badhaleh naadhey
image
އެމްޑީޕީ ޕްރައިމަރީ: ތިނަދޫ ދެކުނު ވޯޓް އަލުން ގުނުމުންވެސް ނަތީޖާ ބަދަލެއް ނުވޭ
0 ކޮމެންޓް
 

އެމްޑީޕީ ޕްރައިމަރީ: ތިނަދޫ ދެކުނު ވޯޓް އަލުން ގުނުމުންވެސް ނަތީޖާ ބަދަލެއް ނުވޭ

މިދިޔަ ހުކުރުދުވަހު ބޭއްވި އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ފަހުން ހުށަހަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ ޝަކުވާއަކާގުޅިގެން އެ ދާއިރާގެ 2 ފޮށި އަލުން ގުނުމުންވެސް ނަތީޖާއަށް ބަދަލު ނާންނަކަމަށް އެމްޑީޕީން ބުނެފިއެވެ. Dhiraagu
އެމްޑީޕީން ބުނީ މިއަދު ހަވީރު 17:00 ގައި މާލޭގައި ހުންނަ އެމްޑީޕީ މައި އޮފީހުގައި، އެއް ކެންޑިޑޭޓަކާއި އޭނާގެ މަންދޫބުންނާއި އަނެއް ކެންޑިޑޭޓުގެ މަންދޫބުންގެ ޙާޟިރުގައި، ތިނަދޫ ދެކުނު ދާއިރާގެ މާލޭ ފޮށީގެ ވޯޓު ކަރުދާސްތައް އެމްޑީޕީގެ މަސްއޫލުވެރިން އަލުން ގުނާފައިވާ ކަމުގައެވެ.

ހަމަ އެ ދަނޑިވަޅުގައި، ގދ.ތިނަދޫ އެމްޑީޕީ ހަރުގޭގައި، ގދ. ތިނަދޫ ދެކުނު ދާއިރާގެ ފޮށީގެ ވޯޓު ކަރުދާސްތައް ގުނުމުގެ މަސައްކަތް ހިނގަމުން ދިޔައެވެ.

މި ދެ ވޯޓު ފޮށީގެ ވޯޓު ކަރުދާސްތައް އަލުން ގުނިއިރު، އެއިން އެންމެ ކަރުދާހަކާމެދުވެސް، 18 ޖަނަވަރީގައި ގުނިއިރު ނިންމިގޮތަށް ބަދަލު ގެންނަންޖެހޭ ކަމެއް ނުފެންނަކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީ
ހިޔާލު