Yameen ge youth minister ves JP ah
image
ޔާމީންގެ ޔޫތް މިނިސްޓަރުވެސް ޖޭޕީއަށް
4 ކޮމެންޓް
 

ޔާމީންގެ ޔޫތް މިނިސްޓަރުވެސް ޖޭޕީއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެންމެ ފަހުން ޔޫތް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިރްތިޝާމް އާދަމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ. dhi2
އިރްތިޝާމް ޖޭޕީއަށް ސޮއިކުރެއްވީ ކުނޫޒްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޔާމީންގެ ޔޫތް މިނިސްޓަރުކަމުގެ އިތުރުން އިރްތިޝާމްވަނީ ހެލްތް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބު ވީފަހުން ޖުމްހޫރީ ޕާޓީގެ ތެރެއިން ރައީސް ޔާމީންގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންވަނީ ކޯލިޝަންގެ ހިމާޔަތް ހޯދާފައެވެ.
ޖޭޕީ
ހިޔާލު

ސސ

ޖޭޕީ އާއި ގުޅެނީ ގިނައިން ބައިތުލް މާލު ލޫޓުވާފަ ތިބި ސިޔާސީ ވަފާތެރި ކެހިވެރިން !

ތިންފައް

އިރުތިސާމު ނޫނަސް ބައިވަރުމީހުން ދާނެ

މުޖޫ

ހާދަ ހީވެޔޭ އިނދެލާނެހެން

ޣފ

ޢެއްމެ ރައްޔިތެއްވެސް ނުގެންދެވޭނެ ތިހެންކުއެއް