ސްރީލަންކަން ހައިކޮމިޝަން އާއި ބައްދަލުކޮށް މާލޭ ސްޕޯޓްސް މޮޅުވެއްޖެ
image
މާލޭ ސްޕޯޓްސް އާއި ސްރީލަންކަން ހައިކޮމިޝަން ބައްދަލުކުރި މެޗުގެ ތެރެއިން---- ފޮޓޯ:ކްރިކެޓްމޯލްޑިވްސް
އައްޒާމް އަލިފުޅު
0 ކޮމެންޓް
 

ސްރީލަންކަން ހައިކޮމިޝަން އާއި ބައްދަލުކޮށް މާލޭ ސްޕޯޓްސް މޮޅުވެއްޖެ

މޯލްޑިވްސް ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން މިހާރު ކުރިޔަށްދާ އެކްސްއެލް ލިމިޓެޑް އޯވަ ކްރިކެޓް މުބާރާތް ފުރަތަމަ ޑިވިޝަންގެ ހަތަރުވަނަ މެޗުން ސްރީލަންކަން ހައިކޮމިޝަން އާއި ބައްދަލުކޮށް މާލޭ ސްޕޯޓްސް ކްލަބް މޮޅުވެއްޖެއެވެ. މި މެޗު މާލޭ ސްޕޯޓްސް އިން ކާމިޔާބުކުރީ 69 ލަނޑުންނެވެ.
އިއްޔެގެ މެޗުގައި ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކްލަބް ކުޅެންއަރާ 48 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 220 ލަނޑެވެ. މާލޭ ސްޕޯޓްސް އަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ އެޓީމަށް 68 ލަނޑުހަދައިދިން މުހަންމަދު ރިޝްވާންއާއި 42 ލަނޑުހެދި ޕްރިއަންކާއެވެ.

ސްރީލަންކަން ހައިކޮމިޝަން ކުޅެންއަރާ 44 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 151 ލަނޑުއެވެ. އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 34 ލަނޑުހެދި އިޝާން އާއި 26 ލަނޑުހެދި މުހަންމަދު އައްޒާމްއެވެ. މާލޭ ސްޕޯރޓްސް ކްލަބުން ސަލްމާން ޒަކީ ދެވިކެޓް، އަހްމަދު 4 ވިކެޓްއަދި ސިޔާމް، އިސްމާއިލް ނިހާދު، ނީސާމްއަދި ޕްރިޔަންކާ ކޮންމެ އުކުންތެރިއެއް އެއްވިކެޓްނެގިއެވެ.

މި މުބާރާތުގައި ކޮންމެ ޓީމެއް ދެމެޗު ކުޅެފައިވާއިރު އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ނުވަ ޕޮއިންޓް ހޯދައިގެން އޮތް ޔޫތު ޑިވެލޮޕްމަންޓް ޓީމެވެ. އަދި ދެވަނައިގައި ފަސް ޕޮއިންޓް އޮތްއިރު ތިން ވަނައިގައި ހަމައެދަދަށް ޕޮއިންޓް ހޯދައިގެން އޮތީ މާލޭ ސްޕޯޓްސް އެވެ. އަދި އެންމެ ފުލުގައި ސްރީލަންކަން ހައިކޮމިޝަން އޮތީ ޕޮއިންޓެއް ނުލިބިއެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންޑިޔަން ބްލޫސްއާއި ސްރީލަންކާ ހައިކޮމިޝަންއެވެ.

ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ކްރިކެޓް
ހިޔާލު