ކޮންސްޓްރަކްޝަން ޑޭ އެއް ފާހަގަ ކުރަން ސަރުކާރަށް ހުށަހަޅަނީ
image
މަސީން ރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުﷲ ވާހަކަ ދައްކަވަނީ-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

ކޮންސްޓްރަކްޝަން ޑޭ އެއް ފާހަގަ ކުރަން ސަރުކާރަށް ހުށަހަޅަނީ

ރާއްޖޭގައި އުމްރާނީ ތަރައްގީ އާއި ބެހޭ ދުވަހެއް ނުވަތަ ކޮންސްޓްރަކްޝަން ޑޭ އެއް ފާހަގަ ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ހުށަހަޅުއްވާނެ ކަމަށް ބުނެފި އެވެ.
މަސީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ނަސަންދުރާގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ އެސޯސިއޭޝަނުގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ، ކޮންސްޓްރަކްޝަން ޑޭ އެއް ފާހަގަ ކުރުމަށް ރައީސް ޔާމީން އަށް ހުށަހެޅުއްވުމަށް އެ އެސޯސިއޭޝަންގެ އެގްޒެކްޓިވް ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.

"ކޮންސްޓްރަކްޝަން ޑޭ އެއް ފާހަގަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެނީ، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މި އިންޑަސްޓްރީގެ ކަންތައްތައް ސްކޫލްތަކުގަ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރެވި، މި ސިނާއަތުގައި ހުރި ވަޒީފާތަކާއި ފުރުސަތު ތަކުގެ މައުލޫމާތު ލިބުމުން މި ދާއިރާގަ އުޅޭ ބިދޭސީންގެ އަދަދުވެސް މަދުކުރެވިގެން ދާނެ،" އަބްދުﷲ ވިދާޅުވި އެވެ.

މަސީގެ ފަރާތުން ރައީސް ޔާމީނަށް ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ، ކޮންމެ އަހަރަކުވެސް އެއް ފަހަރު ކޮންސްޓްރަކްޝަން ޑޭ އެއް ފާހަގަ ކުރުމަށް ކަމަށްވެސް އަބްދުﷲ ވިދާޅުވި އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
މަސީ
ހިޔާލު