ފާއިތުވި 12 އަހަރު މަސީގެ ހަރަކާތްތަކަށް އެންމެ މަތީ ދަރަޖައަށް އެހީތެރިވީ ޖަނާ
image
ރޭގެ ޖަލްސާގައި ޖަނާ އަށް ޕްލެޓިނަމް ޕްލާކް އާއި ސެޓްފިކެޓް ހަވާލު ކުރަނީ-- ފޮޓޯ: ސީއެންއެމް
3 ކޮމެންޓް
 

ފާއިތުވި 12 އަހަރު މަސީގެ ހަރަކާތްތަކަށް އެންމެ މަތީ ދަރަޖައަށް އެހީތެރިވީ ޖަނާ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއަށް ފައިސާ އާއި ތަކެތީގެ ގޮތުގައި ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ މަތީ ދަރަޖައަށް އެހީތެރިކަން ފޯރުވައިދީގެން ޕްލެޓިނަމް ޕްލާކް އާއި ސެޓްފިކެޓް، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހުއަށް ލިބިއްޖެ އެވެ.
މަސީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ނަސަންދުރާގައި އިއްޔެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޖަނާއަށް އެ އެވޯޑް ހަވާލުކޮށްދެއްވީ، އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އެވެ. ޖަނާ އަށް ޕްލެޓިނަމް ޕްލާކް ލިބުނުއިރު، ދެވަނަ އަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީގެން ގޯލްޑް ޕްލާކާއި ސެޓްފިކެޓް ލިބިފައިވަނީ އަމީން ކޮންސްޓްރަކްޝަން އަށެވެ.

ތިންވަތަނައަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީގެން ސިލްވާ ޕްލާކާއި ސެޓްފިކެޓް ލިބިފައިވަނީ އެލިޔާ ކޮންސްޓްރަކްޝަން އަށެވެ. އަދި ހަތަރުވަނަ އަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީގެން ބްރޯންޒް ޕްލާކާއި ސެޓްފިކެޓް ލިބިފައިވަނީ ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) އަށެވެ.

މަސީއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ފަރާތްތައް ހޮވާފައިވަނީ، އެ އެސޯސިއޭޝަނުގެ އަހަރީ ރިޕޯޓްތަކުގައި ހިމެނިފައިވާ ހަރަދުތަކަށް ބަލައިގެންނެވެ. އެ އެސޯސިއޭޝަނުން ބުނީ އަހަރީ ރިޕޯޓުގައި ނުހިމެނޭ ބައެއް ކަންކަމަށްވެސް ބައެއް ބޭފުޅުން އެހީތެރިކަން ފޯރުކޮށްފީފައިވާ ކަމަށެވެ.

އެންމެ ބޮޑު އެހީތެރިން ފާހަގަކޮށް އެވޯޑް ދިން ނަމަވެސް އެ ފަރާތްތަކުން ދީފައިވާ އެހީތެ ތަފްސީލުތަކެއް ރޭގެ ޖަލްސާގައި ހާމައެއް ނުކުރެ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
މަސީ
ހިޔާލު

އަދުރޭ

ރަނގަޅު އެވޯޑުތަކެއް ދިން ކަން ރަނގަޅު. އެކަމަކު ކޮންމެހެން ދޭން ނުޖެހޭ އެވޯޑުތަކެއްވެސް ބައެއް ފަރާތްތަކަށް ދިން.

ހަސަނު

އެވޯޑުދިންމީހާއާއި އަދި މިހާދިގުމުއްދަތެއްގަޢީ ޖަނާ ނުފެނި ހުރެ މިއަދު ތިކަހަލަ އެވޯޑެއް އަދީބު ދިނުން ސިޔާސީކަމެއްކަމުގައި ނުވެ ނުދާނެ ކަންޔަގީނެވެ ޖަނާވެސް ފަހަރުގައި މިގަދަކަޑުގައި ވަޔާ{މަޖިލިސް} އޮއެ{ ކޯޓުތައް} ރާޅު {ސަރުކާރު } އެއްކޮޅައް އޮޑި ދީލާލީނޫންބާވައެވެ

ހާސަރު

ޖަނާއަކީ ހިންގުންތެރި، ވިސްނުންތެރި އަދި ދާއިރާ ކުރިއަރުވަން މަސައްކަތް ކުރާ މީހެއްކަމަށް ފާހަގަ ކުރެވޭ.