އެކްސްއެލް ލިމިޓެޑް އޯވަ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ވައިޑީޕީއަށް
image
އެކްސްއެލް ލިމިޓެޑް އޯވަ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވައިޑީޕީ ޓީމު---- ފޮޓޯ:ކްރިކެޓްބޯޑްއޮފްމޯލްޑިވްސް
އައްޒާމް އަލިފުޅު
0 ކޮމެންޓް
 

އެކްސްއެލް ލިމިޓެޑް އޯވަ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ވައިޑީޕީއަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި އެކްސްއެލް ލިމިޓެޑް އޯވަ ކްރިކެޓް މުބާރާތުގެ ފައިނަލްމެޗްގައި މާލޭ ސްޕޯޓްސް އާއި ބައްދަލުކޮށް ޔޫތް ޑެވެލޮޕްމަންޓް ޓީމް (ވައިޑީޕީ) ޓީމު މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅިވަރު އެކުވެނި އެއް ނަންބަދު ކްރިކެޓް ދަނޑުގައި ކުޅުނު މެޗު ވައިޑީޕީ ޓީމުން ކާމިޔާބުކުރީ 32 ލަނޑުންއެވެ.

މިއަދުގެ ފައިނަލް މެޗުގައި ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކްލަބް ގަސްދުކުރީ ހޮވުމަށެވެ. ވައިޑީޕީ ޓީމު ކުޅެންއަރާ 44.1 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 159 ލަނޑުއެވެ.އެޓީމުން އެންމެ ރަގަޅަށް ކުޅުނީ އެޓީމަށް 46 ލަނޑުހެދި ނިލާންތަ ކޫރޭ އާއި 31 ލަނޑުހެދި އަހްމަދު އަފްޒަލްއާއި 30 ލަނޑުހެދި މުހަންމަދު ސަދުހާންއެވެ.

ޖަވާބުގައި މާލޭ ސްޕޯޓްސް ކްލަބް ކުޅެންއަރާ 33.2 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 117 ލަނޑުއެވެ. އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 26 ލަނޑުހެދި އަހްމަދު ނީސާމް ނާސިރުއެވެ.މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވައިޑީޕީގެ އަހްމަދު އަފްޒަލް ފާއިޒް އެވެ.

މި މުބާރާތުގެ ފައިނަލް މެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް އައި ކުޅުންތެރިންނަށް އިނާމް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިޕިއުޓީ މިނިސްޓަރު އަލްފާޝިލް އަލީ ވަހީދު އެވެ. މި މުބާރާތުގެ ވަނަތަކަށް ބަލާއިރު މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅުކުޅުންތެރިއަކަށް ހޮވުނީ 328 ޕޮއިންޓް ހޯދި މާލޭ ސްޕޯޓްސް ކްލަބްގެ އަހްމަދު ހަސަން، އެންމެ މޮޅު ކުޅުންތެރިން އަކަށް ހޮވުނީ 160 ލަނޑުހެދި މިހުސާން ހާމިދު، އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ 13 ވިކެޓްނެގި އަހްމަދު ހަސަަން އަދި އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވުނީ ޔޫތް ޑެވެލޮޕްމަންޓްޓީމްގެ މުހަންމަދު ސަދުހާން އެވެ.

މިމުބާރާތުގައި ބައިވެރިވެފައިވަނީ މާލޭ ސްޕޯޓްސް ކްލަބާއި، އިންޑިއަން ބުލޫސްއާއި، ސްރީލަންކާ ހައިކޮމިސަން އަދި ޔޫތް ޑެވެލޮޕްމަންޓް ޓީމެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ކްރިކެޓް
ހިޔާލު