ވެލަސަރު ރިސޯޓުގެ މުވައްޒަފުންތަކެއް ކާނާވިހަވެއްޖެ
image
ވެލަސަރު: އެ ރިސޯޓުގެ މުވައްޒަފުންތަކެއް ވަނީ ކާނާ ވިހަވެފައި-- ފޮޓޯ: ވިޒިޓް މޯލްޑިވްސް
1 ކޮމެންޓް
 

ވެލަސަރު ރިސޯޓުގެ މުވައްޒަފުންތަކެއް ކާނާވިހަވެއްޖެ

ވެލަސަރު ރިސޯޓުގެ މުވައްޒަފުންތަކެއް ކާނާ ވިހަވެ، މަސައްކަތަށް ނުނިކުމެވޭ ވަރު ވެއްޖެ އެވެ.
އެރަށުން ސީއެންއެމް އަށް ވާހަކަ ދެއްކި މީހަކު ބުނީ، އިއްޔެ ކެވުނު އެއްޗަކުން ގާތްގަނޑަކަށް ވެލަސަރުގެ 75 އިންސައްތަ މުވައްޒަފުން ކާނާ ވިހަވެފައިވާ ކަމަށެވެ. ނަމަވެސް ޔުނިވާސަލް އެންޓަ ޕްރައިޒެސްގެ އެޗްއާރް މެނޭޖަ އަލީ އާދަމް ސީއެންއެމް އަށް ވިދާޅުވީ ހުންއައިސް ވަރުބަލިވެ ހާލު ދެރެވެފައި ވަނީ 15 މުއައްޒަފުންގެ ކަމަށެވެ.

ރޭ އެކަން މެދުވެރިވި ވަގުތުން ފެށިގެން އެކަމަށް ހާއްސަ ބޭފުޅުން ބަލިވުމަށް ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރުމުން އަންނަ ކަމަށްވެސް އަލީ އާދަމް ވިދާޅުވި އެވެ. އަދި މުއްޒަފުންތަކެއް ބަލިވެފައި ވަނީ ވަކި ކޮން ސަބަބަކާއި ހެދި ކަމެއް މިހާތަނަށް ޔަގީން ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނޭގެ ވަކި ކޯއްޗެއް ކައިގެން ކަމެއް. ހެދުނު ބައެއް މީހުން މަސްހުނި ކޭއިރު، މެންދުރު ގަރުދިޔަ އާއި ބަތާ ކޭ މީހުންވެސް ކާނާ ވިހަވެގެން އެބައުޅޭ. ހުންއައިސް ގައިގަ ރިއްސާފަ ފާހާނަ އަށް ދެވެނީ. އިއްޔެ އެހެން ވީމަވެސް މިއަދު އަދި ރިސޯޓުން އެކްޝަން އެ ނެގީ،" އެރަށުން ސީއެންއެމް އަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ވެލަސަރުގައި ހުންނަނީ އެންމެ ޑޮކްޓަރެއް ކަމަށާއި، މިހާރު ލޭޓެސްޓް ހަދަން އެހެން ބަޔަކު ގެނެސްގެން އުޅޭ ކަމަށް އޭނާ ބުންޏެވެ. އަދި ޑޮކްޓަރަށް ދެއްކުމުން ގިނަ މީހުންނަށް ދިނީ ޕެނަޑިން އާއި ނިއުޓްރިޝަން ބީ ކަމަށްވެސް އޭނާ ބުންޏެވެ.

"އެފްއެންބީން މިއަދު އައިސް ކޮންމެ މީހަކަށް އާފަލަކާ، ދޮންކެޔޮ ވަވަކާއި ބޮނަކުއާ ފެންފުޅިއަކާ ދިނީ. ކާއެއްޗެއް ރެއަކު ނުގެނެސްދޭ،" ސީއެންއެމް އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

މޯޑް

ތީޔުނިވާރސަލޭ ހއަހަރަމަެން ކޮލިމޮހެދޭ ރަންގަޅަށް ދަންނަން އިސްޓާފުންނައް ހަދާނީ ހަދާނެއެއްޗެއް