ޤައުމީ 270 ކުޅިވަރު ކުޅުންތެރިންނަށް ސަރުކާރުން މުސާރަ ދޭން ފަށައިފި
image
ޤައުމީ ސްކޮޑްތަކުގެ ކުޅުންތެރިންނަށް މުސާރަދޭން ފެށުމާއި ނިޝާން ތައާރަފް ކުރުން: ފޮޓޯ ސީއެންއެމް
1 ކޮމެންޓް
 

ޤައުމީ 270 ކުޅިވަރު ކުޅުންތެރިންނަށް ސަރުކާރުން މުސާރަ ދޭން ފަށައިފި

އެކި ކުޅިވަރުތަކުން ޤައުމީ ޓީމްތަކުގައި ހިމެނޭ 270 ކުޅުންތެރިންނާއި އެތްލީޓުންނަށް ދާއިމީކޮށް މުސާރަ ދިނުން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ގައުމީ ސްކޮޑްތަކުގައި ހިމެނޭ އެތްލީޓުންނާއި ކުޅުންތެރިންނަށް މުސާރަދިނުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކާ ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނެވެ.

"ގައުމީ ޓީމުތައް - ދިވެހިންގެ ފަހުރު" މިނަމުގައި ލޯންޗުކުރެވުނު މުސާރައިހެ އޮނިގަނޑު ގިންތި ކުރެވިފައިވަނީ ކުޅިވަރު އެސޯސިއޭޝަންތަކުން އެކުލަވާލި ހަތަރު ގިންތިއަކަށެބެ. އަދި އެންމެ މަދުން މުސާރަ ލިބޭ އެތްލީޓަކަށް ނުވަތަ ކުޅުންތެރިއަކަށްވެސް މަދުވެގެން މަހަކު 2،500 ރުފިޔާ ލިބޭނެއެވެ.

މިރޭ އިފްތިތާހު ކުރެވުނު އޮނިގަނޑުގެ ތެރެއިން ފުޓުބޯޅައާއި ކްރިކެޓާއި ޓޭބަލް ޓެނިހާއި ޓެނިސް އަދި ބެޑްމިންޓަނާއި ސްވިމިންގ އާއި އެތުލެޓިކްސްއާއި ރާޒުވާއާއި ކެރަމްގެ ގައުމީ ސްކަޑްގެ ކުޅުންތެރިންނަށް މުސާރަ ދެވޭނެއެވެ. މީގެ ތެރެއިން ފުޓްބޯޅައާއި ކްރިކެޓްގެ ޤައުމީ ސްކޮޑްގެ ކުޅުންތެރިންނަށް ކުރިންފެށިގެން އަންނަނީ މުސާރަ ދެމުންކަން ފާހަގަ ކުރެވެއެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމިންވަނީ ގައުމީ ސްކޮޑްތަކުގައި ބޭނުން ކުރާނެ ނިޝާން އިފްތިތާހުކޮށްދެއްވާފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

އިއްބެ

ޥޮލީ އެއް ނުހިމެނޭތޯ..؟؟