ޤައުމީ ކުޅުންތެރިން ވަޒީފާއިން ވީއްލޭއިރު މުސާރަ އާއި ޗުއްޓީ ކެނޑިގެން ނުވާނެ: ރައީސް
image
މިރޭގެ ހަފްލާގެ ތެރެއިން:. ފޮޓޯ ސީއެންއެމް
2 ކޮމެންޓް
 

ޤައުމީ ކުޅުންތެރިން ވަޒީފާއިން ވީއްލޭއިރު މުސާރަ އާއި ޗުއްޓީ ކެނޑިގެން ނުވާނެ: ރައީސް

ޤައުމީ ޓީމް ތަކުގައި ހިމެނިގެން ރާއްޖެ ތަމްސީލުކުރުމަށް ކުޅިވަރުތަކުގައި ބައިވެރިވާ ކުޅުންތެރިންނާއި އެތްލީޓުން ޤައުމު ތަމްސީލުކުރުމުގައި ތިބޭ މުއްދަތުގައި އެމުވައްޒަފަކު ސަރުކާރުގައި އަދާކުރާ ވަޒީފާއަކުން މުސާރަ އުނި ނުކުރެވޭ ގޮތަށާއި ޗުއްޓީ ނުކެނޑޭގޮތައް ހަމަޖައްސަވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޤައުމީ ސްކޮޑްތަކުގައ ހިމެނޭ ކުޅުންތެރިންނަށް މުސާރަ ދިނުން ތައާރަފް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޤައުމީ ސްކޮޑްތަކުގައި ހިމެނިގެން ގައުމު ތަމްސީލް ކުރުމަށް ކުޅުންތެރިންނާއި އެތްލީޓުން ހޭދަ ކުރާ މުއްދަތަކީ މުސާރަ އާއި ޗުއްޓީން ކަނޑައިގެންވާނެ ދުވަސްތަކެއް ނޫންކަމުގައެވެ.

ރައީސް ވިދާޅުވީ ކުޅުންތެރިންނަށް އެ ލުއި ހޯދައިދިނުމަށް ސިވިލް ސާވިސްގެ ގާނޫނަށް މިއަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުން އިސްލާހު ހުށަހަޅުއްވާނެކަމުގައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކުޅިވަރާ ބެހޭ ގާނޫނެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އޭގެ ތެރެއިން މި މައްސަލައަށް ހައްލެއް ހޯދާނެކަމުގައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ޢަބްދުﷲ ވަހީދު

އަޅުގަނޑު ކުންފުނީގައި މިހާރުވެސް ކަންކުރަނީ އެގޮތަށް، އެގޮތަށް އެކަން ހިނގާތާ އެތައްޒަމާނެއް.

ހަސަނާ

އަޅެފަހެ އަޖާބެއް ނުވާނެތަ ! މިހާރުވެސް ތިކަން ސިވިލް ސަރވިސްގައި އޮްނަނީ ތިޔަގޮަށޭ!