ރައްޔިތުން ނިކުމެ ދަރިން ބަލައި ދިޔަ މަންމައެއް ރަށުން ބާލައިފި
image
ހދ. ނެއްލައިދޫ--
1 ކޮމެންޓް
 

ރައްޔިތުން ނިކުމެ ދަރިން ބަލައި ދިޔަ މަންމައެއް ރަށުން ބާލައިފި

ދަރިން ބަލާ ހދ. ނެއްލައިދޫ އަށް ދިޔަ މަންމައެއް އެ ރަށު ރައްޔިތުންވެގެން ރަށުން ބާލައިފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދިން ނެއްލައިދޫ މީހަކު ބުނީ އެ އަންހެން މީހާ މިއަދު ހެނދުނު ރަށަށް އެރީ އޭނާ އާއި އެރަށު މީހަކާއި ކައިވެނިކޮށްގެން ލިބިފައިވާ ތިން ކުދިން ބަލާ ކަމަށެވެ. ނ. ހޮޅުދޫއަށް ނިސްބަތްވާ އެ އަންހެން މީހާ އާއި ނެއްލައިދޫ މީހާ އާއި ދެ މީހުންގެ ކައިވެނި ރޫޅި ތިން ފަށް ވެފައިވާ ކަމަށްވެސް އެ މީހާ ބުންޏެވެ.

އިތުރަށް އެމީހާ ބުނީ މިއަދު ހެނދުނު 7:30 ހާއިރު އެ އަންހެން މީހާ އެރަށަށް އެރީ ކުޅުދުއްފުށީ ލޯންޗެއްގައި ކަމަށާއި އެރަށަށް އައިއިރު އެމީހާ ހުރީ މޫނު ބުރުގާ އަޅައިގެން ކަމަށެވެ. އަދި އެ ރަށަށް އަރައި މޫނު ބުރުގާ ބޭލިކަމަށްވެސް އޭނާ ބުންޏެވެ.

"އެ ދެ މީހުންގެ ކައިވެނި ރޫޅި ތިން ފަށް ވުމުން އެ އަންހެން މީހާ ދަރިން ގޮވައިގެންގޮސް ދަރިން ބެލީ،ދުވަސްކޮޅަކުން ދަރިން ނުބެލޭނެ ކަމަށް ބުނެ ބައްޕަ އާއި ދަރިން ހަވާލުކުރީ. ރަށު ރައްޔިތުން އެކަމާއި ދެކޮޅު ހެދީ އެ އަންހެން މީހާއަކީ ވަރަށް ކަންތައް ހިންގާލާފަ އޮތް ކަމަށް ރަށު މީހުން ތުހުމަތު ކުރާ މީހެއް ވީމަ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ދެ މީހުން ކައިވެނިކޮށްގެން އުޅުނުއިރު އެ ދެ މީހުން އުޅެން ފިރިމީހާ ހެދި ގޭގައި އެ އަންހެން މީހާ ދެ ފަހަރެއްގެ މަތިން ރޯކޮށްލާފައިވާ ކަމަށް ރަށު މީހުން ތުހުމަތު ކުރާ ކަމަށެވެ. އަދި އެ އަންހެން މީހާ އަކީ ރަށު ރައްޔިތުންނާއި ޒުވާބުކޮށް މަސްލަހަތު ނަގާލާފައިވާ މީހެއް ކަމަށްވެސް އޭނާ ތުހުމަތު ކުރިއެވެ.

"ރަށު ރައްޔިތުން އެގޮތަށް ކަންތައްކުރީ ދަރިން ނުބެލޭނެ ކަމަށް ބުނެ ބައްޕަ ބޮލަށް ޖެހި މީހަކު ދަރިން ބަލާ ރަށަށް އެރުމުން އެކަމާއި ނުރުހުން ފާޅު ކުރުމުގެ ގޮތުން، ރައްޔިތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެކަމާ،" އޭނާ ބުންޏެވެ.

މީގެ އިތުރުން ދަރިން ބެލުމުގެ ޒިންމާ އުފުލާނީ ކާކުތޯ ކަނޑައަޅައިދިނުމަށް މިހާރު އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހދ. ނެއްލައިދޫ
ހިޔާލު

ހެނބަދޫ ސޫރަޖް މޯޑް

ނެއްލައިދޫ މީހުންނަކީ ވަރަށްގޮތުގަ ތިބޭބަޔަކޯ!!! އެރަށުކަތީބަކު ވަރަށްގޮތުގަހުރިވާހަކަ ކިޔާ އަޑުއަހަން. މީ ނެއްލައިދޫ ރައްޔިތުން ނިކުމެކޮށްފައިވާ ވަރަށް ނާތަހުޒީބު ކަމެއް، މަޝްހޫރުވާން ވެގެން ކުޅުދުއްފުށީ މީހުން ކޮޕީ ކޮށްގެން ތިއުޅެނީ ،