މާލީ ނިޒާމަށް ގެންނަމުންދާ ބަދަލުގެ ސަބަބުން، ރައްޔިތުންނަށް ލިބޭ ޚިދްމަތަކަށް އިތުރު ފުރިހަމަކަން ލިބިގެންދާނެ: ރައީސް
image
0 ކޮމެންޓް
 

މާލީ ނިޒާމަށް ގެންނަމުންދާ ބަދަލުގެ ސަބަބުން، ރައްޔިތުންނަށް ލިބޭ ޚިދްމަތަކަށް އިތުރު ފުރިހަމަކަން ލިބިގެންދާނެ: ރައީސް

އިގުތިސާދީ އަދި މާލީ ނިޒާމަށް ގެންނަމުންދާ ބަދަލުގެ ސަބަބުން، ރައްޔިތުންނަށް ލިބޭ ޚިދްމަތަކަށް އިތުރު ފުރިހަމަކަން ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދުނަޝީދު ވިދާޅުވެއްޖެ އެވެ.
ޖަރުމަންވިލާތުގެ ފެޑެރަލް މިނިސްޓްރީ ފޮރ ދި އެންވަޔަރަންމަންޓް، ނޭޗަރ ކޮންޒަރވޭޝަން އެންޑް ނިއުކްލިއަރ ސޭފްޓީގެ ޕާލިމެންޓްރީ ސްޓޭޓް ސެކްރެޓަރީ ކެތެރީނާ ރީޗް އާއި ރައީސް މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ވިދާޅުވީ ދައުލަތަށް އާމްދަނީ ލިބޭ މަގުތައް، ތަހުޒީބު އަދި ދެމެހެއްޓެނިވި ގޮތަކަށް ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.

އަދި މި މަސައްކަތްތަކުގެ މަޢްލޫމާތާއި، މިހާރު ޢަމަލުކުރަމުންގެންދާ ޓެކްސްގެ ޤާނޫނާބެހޭ މަޢްލޫމާތު، ޖަރުމަންވިލާތުގެ ޕާލިމެންޓްރީ ސްޓޭޓް ސެކްރެޓަރީއާ ޙިއްޞާ ކުރެއްވިއެވެ. މިބަދަލުތަކުގެ ސަބަބުން، ދައުލަތުގެ އާމްދަނީ އިތުރުވެ، ސަރުކާރުންގެ ފަރާތުން، ރައްޔިތުންނަށް ލިބޭ ޚިދްމަތަށް އިތުރު ފުރިހަމަކަން ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ދެޤައުމުގެ ދެމެދުގައި، އެހެން ބައެއް ދާއިރާތަކުން ޚާއްޞަކޮށް، ތިމާވެށީގެ މައްސަލަތަކާ ބެހޭގޮތުން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު