މަސްތުވާތަކެއްޗާއެކު ހިންނަވަރުން މީހަކު ހައްޔަރުކޮށްފި
image
ހިންނަވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ އަތުންނާއި އޭނާގެ ގެއިން ފެނުނު މަސްތުވާތަކެތި--ފޮޓޯ:ފޮލިސް
0 ކޮމެންޓް
 

މަސްތުވާތަކެއްޗާއެކު ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ޅ. ހިންނަވަރުން މީހަކު ހައްޔަރުކޮށްފިއެވެ.
އުމުރުން 19 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ރޭ 11:00 ހާއިރުއެވެ. އޭނާ އަތުން މަސްތުވާތަކެތި އަޅާފައިވާ 13 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ ތެރެއިން ހަ ރަބަރު ޕެކެޓެއް ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ ކަނާތު ޝަހާދަތް އިނގިއްޔާއި މެދުވާއިނގިލި ދޭތެރެއިން ކަމަށްވެސް ފުލުހުން ބުނެއެވެ.

އޭނާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެގެއަށް ވަންނަ ދޮރު ކައިރީގައި އޮތް ގޯންޏެއްގެދަށުން މަސްތުވާތަކެތިި ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާއިރު އެގޭގައި ހަދާފައިހުރި ކޮޓަރިއެއްގެ ތެރޭގައި އޮތް ދިޔަދޮވި ތެރެއިން މަސްތުވާތަކެތި އަލާފައި ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު