މަސީގެ ރައީސްކަމަށް ފަސްވަނަ ދައުރަކަށް ޖަނާ ހޮވައިފި
image
މަސީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ޖަނާ އަދި ޓުއަރިޒަމް މިނިސްޓަރު އަދީބު-- ފޮޓޯ: ސީއެންއެމް
4 ކޮމެންޓް
 

މަސީގެ ރައީސްކަމަށް ފަސްވަނަ ދައުރަކަށް ޖަނާ ހޮވައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ 13 ވަނަ ދައުރުގެ ހިންގާ ކޮމިޓީގެ ރައީސަކަށް މުހައްމަދު އަލީ ޖަނާހް(ޖަނާ) ހޮވައިފިި އެވެ.
މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން އެ ޖަމިއްޔާގެ ރައީސް ކަމުގެ މަގާމު ޖަނާ ފުރުއްވާފައިވާއިރު ރޭ ބޭއްވި އެ އެސޯސިއޭޝަންގެ 13 ވަނަ އަހަރީ ޖަލްސާގައި ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން އައްޔަން ކުރިއިރު ރައީސް ކަމުގެ މަގާމަށް ޖަނާ ފިޔަވައި އެހެން ބޭފުކު ކުރިމަތި ލައްވާފައެއް ނުވެ އެވެ.

އަދި މީގެ އިތުރުން އެހެން ކޮންމެ މަގާމަކަށްވެސް ކުރިމަތި ލައްވާފައި ވަނީ އެންމެ ބޭފުޅެކެވެ.

އެގޮތުން އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ނައިބު ރައީސް ކަމަށް ހޮވާފައި ވަނީ އަދުނާން ހަލީމާއި އަލާއު އަލީ އެވެ. ހަޒާންދާރުގެ މަގާމަށް ހަސަން ހަބީބް ހޮވާފައިވާއިރު ހަޒާންދާރުގެ އެހީތެރިޔަކަށް ހޮވާފައިވަނީ އަމީން މުހައްމަދެވެ.

ރޭގެ ޖަލްސާގައި އެ ޖަމިއްޔާގެ ބޯޑު މެމްބަރުންގެ އަދަދު ވަނީ އިތުރުކޮށްފައެވެ. ކުރިން ހަ މެމްބަރުން ހިމެނޭ ބޯޑު މިހާރު ވަނީ އަށް މެމްބަރުންނަށް އިތުރު ކޮށްފައެވެ.

ބޯޑު މެމްބަރުކަމަށް ނުވަ ބޭފުޅަކު ކުރިމަތިލެއްވިއިރު ހޮވިފައިވަނީ މުހައްމަދު ޖިލްވާއު ޖައުފަރު އާއި، އަބްދުﷲ މުހައްމަދާއި، ހަސަން ޝަމީމް، އަދި އަބްދުﷲ ސާދިގު އެވެ. އަދި ސައުދުﷲ ހިލްމީ އާއި، މުހައްމަދު ސައީދު، އަދި ހުސައިން މުހައްމަދު ވެސް ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނެއެވެ.

ރޭގެ ޖަލްސާގައި އެ އެސޯސިއޭޝަންގެ މިއަހަރަށް ލަފާ ކުރާ ބަޖެޓު ވެސް ފާސްކޮށްފައިވާއިރު އެޖަމިއްޔާއިން ވަނީ 1،019،738.61 ރުފިޔާގެ އާންދަނީއެއް ލިބޭނެ ކަމަށް ލަފާ ކޮށްފައެވެ. އަދި އެކިއެކި ކަންކަމަށް 898،732.30 ރުފިޔާ ހަރަދުވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި މަސީގެ ރަސްމީ ވެބްސައިޓްވެސް ލޯންޗްކޮށްފައިވެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
މަސީ
ހިޔާލު

މުލީ ހަސަނު

ކަލޯ އައްޑޫ މަ ކަމެއްވެގެންނޭ އެހެނ މިބުނަނަނީ. މުއްސަނދި ވިޔަފާރި ވެރިޔަކު ކަމެއް ކުރިއަސް ދައިލަތުގެ މުއައްސަސާ އަކުން މަކެއް ކުރިޔަސް އަދީބު ނޫނިއްޔާ އެކަމެއް ޝަރަފު ވެރި ކޮއްލާނެ މީހަކު މިރާއްޖޭގައި ހުންނަ ކަމަކަށް ނުވޭ. އަނެއްކާ ބަލާބަލަ ވިޔަފާރިންގެ ޖަމިއްޔާ އިން ވެސް އަދީބަށް އެދޭ ފިލާތަކާއެއްޗިހި. މަ ހާދަހާ ޖޭ ވެޔޭ.

ކަލޯ، އައްޑޫ

އަލިފުތާ ބުނީ ހަމަ ރަނަގަޅު އެއްޗެއް، ޙަސަނާ މިއުލޭނީ މުއްސަދީގެ މައްސަލައެއް ނޫނޭ، އެއްކަލަ "ޒުވާނުން" ކޮންޓްރޯލް ކުރާތީވެ ބްރޯ ބްރޯ އަކަށް ވަނީ

މުލީ ހަސަނު

އަލިފުތާ މިރާއްޖޭގައި އަދީބު ނޫން މީހަކު އެބައުޅޭތަ!! މަ ހަމަ ކޮސްވޭ މުއްސަނދިންނޭ ކިޔައިގެން މިރާއްޖޭގަ އުޅޭ މީހުން ފެނިފަ.

އަލިފުތާ

ތި ފޮޓޯއިން ހީވަނީ މަސީގެ ރައީސްކަމަކީވެސް އަދީބު ދޭ އެއްޗެއް ހެން. ސީ.އެން.އެމްވެސް ހާދަ ބްރޯއޭ.