މަސީގެ މެންބަރު ކުންފުނިތަކުގެ ބިދޭސީން މުޒާހަރާގައި ބައިވެރިނުވުމަށް އެދިއްޖެ
image
ގަވައިދާ ހިލާފަށް އުޅެނިކޮށް އަތުލައިގަތް ބިދޭސީ ބަޔަކު--
1 ކޮމެންޓް
 

މަސީގެ މެންބަރު ކުންފުނިތަކުގެ ބިދޭސީން މުޒާހަރާގައި ބައިވެރިނުވުމަށް އެދިއްޖެ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އިންތިޒާމުކޮށްގެން މާދަމާ ބާއްވާ މުޒާހަރާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ މެންބަރު ކުންފުނިތަކުގެ ބެލުމުގެ ދަށުގައިވާ ބިދޭސީން ބައިވެރިނުވުމަށް އެ އެސޯސިއޭޝަން އިން އެދިއްޖެއެވެ.
މަސީން އެކަމަށް އެދިފައިވަނީ މާލޭގައި ހިނގި މާރާމާރީއެއްގައި ބިދޭސީއަކު މަރުވެ، އަނިޔާތަކަކާއެކު ތޮއްޑޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނުމާއި ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މުޒާހަރާއަކަށް ނުކުތުމަށް ތައްޔާރުވަމުންދާ ހަބަރު ފެތުރިފައިވަނިކޮށެެެވެ.

މަސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މުޒާހަރާގައި ބައިވެރިވާ ބިދޭސީންގެ ވާކްޕާމިޓް ކެންސަލްކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއްގައި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ބަޔަކު ބައިވެރިވެއްޖެ ނަމަ ދާއިރާގެ މަސައްކަތަށް ކޯޓާ ހޯދުން ފަދަ ކަންކަމުގައި އިތުރަށް ދަތިވެ، ކޮންސްޓްރަކްޝަން ދާއިރާއަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއްކަމަށް މަސީގެ މެންބަރު ކުންފުނިތަކަށް މިއަދު އަންގާފައިވާ ކަމަށެވެ.

އެފަދަ މުޒާހަރާތަކުގައި ބައިވެރިނުވުމަށް މަސީގެ މެންބަރު ކުންފުނިތަކުގެ ބެލުމުގެ ދަށުގައިވާ ބިދޭސީ މަސައްކަތްތެރީންނަށް އެންގުމަށާއި މަސައްކަތްތެރީންނަށް ލިބިފައިވާ ގާނޫނީ ހައްގުގެ ބޭނުން އެދެވޭ ގޮތެއްގައި ބޭނުންކުރުމަށް އެދިފައިވާ ކަމަށް މަސީން ބުނެއެވެ. އަދި ރޭގަނޑު ލިބޭ ހުސްވަގުތު ކަމެއްނެތި މިދުވަސްކޮޅު މަގުމަތީގައި ނޫޅުމަށް ބިދޭސީންނަށް ނަސޭހަތްތެރިވުމަށްވެސް އެދިފައިވާނެ ކަމަށް މަސީން ބުނެއެވެ.

މީގެ އިތުރުން މަސީން ވަނީ އެ އެސޯސިއޭޝަންގެ މެންބަރު ކުންފުނިތަކުގެ ބެލުމުގެ ދަށުގައިވާ ބިދޭސީންގެ ލޭބާކުއާޓާތަކާއި މަސައްކަތްކުރާ ސައިޓްތަކުގައިވެސް މަސައްކަތުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ބާރ ބެންޑަރ

މިގޮތަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި ބޭރު މަސައްކަތްތެރީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސީން އިސް ނަގައިގެން ބައްދަލުވުމެއް އިންތިޒާމް ކުރާ ވާހަކަ ދެއްކިނަމަ އބައިމީހުން ނުނުކުންނާނެ. ސިކުޑީގެ ބޭނުން ކޮށްގެން މިޒަމާނުގައި ކަންތައް ކުރެވޭނީ. ގަދަބާރުން އިއުލާން ނެރެގެން ވާނެ ކަމެއް ނޯންނާނެ.