ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ކުޅިވަރު
/
ރާއްޖެގެ ކުޅިވަރު
މުބާރާތުގެ ތެރެއިން - ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
އަހުމަދު ތޯއިލް
4 އޭޕްރީލް 2015
0 ކޮމެންޓް
Tweet
އޯޕަން 9 ބޯލް ބިލިއާޑް މުބާރާތް ފެށިއްޖެ
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ އޯޕަން 9 ބޯލް ބިލިއާޑް މުބާރާތް މިމަހުގެ އެއް ވަނަ ދުވަހު ފެށިއްޖެއެވެ.
ޖުމްލަ 85 މެޗު އެކުލެވިގެންވާ މިމުބާރާތުގައި ބައިވެރިވެފައިވަނީ 37 ކުޅުންތެރިންނެވެ. 8 ގްރޫޕަށް ބަހާލެވިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިމުބާރާތުން ދެވަނަ ބުރަށް ދަނީ ކޮންމެ ގްރޫޕަކުން ކޮލިފައި ވާ ދެކުޅުންތެރިންނެވެ. އަދި ދެވަނަ ބުރުގެ މެޗުތައް ކުރިއަށް ދާނީ ނޮކް އައުޓް އުސޫލުންނެވެ.
މި މުބާރާތުގެ ފުރަތަމަ ބުރު މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިރު، ދެވަނަ ބުރުގެ މެޗުތަކާއި، ކުއާޓާ އަދި ސެމީ ފައިނަލްގެ މެޗުތައް މިމަހުގެ 7 އަދި 8 ވަނަ ދުވަހު އޮންނާނެއެވެ. އަދި ފައިނަލް މެޗު ކުޅެވިގެންދާނީ ނުވަ ވަނަ ދުވަހުގެ ރޭ އެވެ.
މުބާރާތުގެ ޗެންޕިއަން ހޯދާ ފަރާތަށް ތައްޓާއި 3000 ރުފިޔާ ހުށަހެޅޭއިރު، ރަނަރަޕް ޓީމަށް 1500 ރުފިޔާ ހުށަހެޅެއެވެ.
މިއަދާ ހަމައަށް 48 މެޗު މި މުބާރާތުގައި ކުޅެވިފައިވާ އިރު، މި މުބާރާތް ކުރިއަށް ދަނީ މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަންގެ ކުލަބް ހައުސް ގައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ގުޅުންހުރި
ބިލިއާޑް
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ކަނޑު ގަދަވާނެ ސަމާލުވޭ: މެޓް
7 ގަޑިއިރު ކުރިން
މަސް ކުންފުނިތަކަށް ދީފައިވާ އެކްސްކްލޫސިވިޓީ އުވާލަން ނިންމައިފި
7 ގަޑިއިރު ކުރިން
ގެއްލިގެން ހޯދި ކުއްޖާ ހޭނެތިފައި އޮއްވާ ފެނިއްޖެ
9 ގަޑިއިރު ކުރިން
13 އަހަރުގެ ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށްފި
9 ގަޑިއިރު ކުރިން
ނަޝީދު މަހާތުމާ ގާންދީއަށް ހެޔޮ ދުއާކޮށްދިމުން ފާޑުކިޔައިފި!
9 ގަޑިއިރު ކުރިން