މާމިގިލިން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެ ރައްޔިތުންނަށް އެތައް އުނދަގޫތަކެއް
image
އދ. މާމިގިލި – ފޮޓޯ: ޓީއެންއެމްވީ
4 ކޮމެންޓް
 

މާމިގިލިން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެ ރައްޔިތުންނަށް އެތައް އުނދަގޫތަކެއް

އދ.މާމިގިލިން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެގެން އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދިން މާމިނގިލީ މީހަކު ބުނީ އެރަށުން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެފައިވާ ކަމަށާއި ފަހަަކަށް އައިސް ކޮންމެ ދުވަހަކު ކަރަންޓް ކެނޑެމުންދާ ކަމަށެވެ.

އަދި ދުވާލަކު އެއް ގަޑިއިރަށް ނޫނީ ދެ ގަޑިއިރަށް ކަރަންޓް ކެނޑޭތީ ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

މިއަދު ހެނދުނު 7:30 ހާއިރު މާމިނގިލީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިފައިވާއިރު އެރަށުން ވާހަކަ ދެއްކި މީހާ ބުނީ އެއީ އާއްމު ކަމެއް ކަމަށާއި އާއްމުކޮށް ކަރަންޓް ކެނޑެނީ ހެނދުނު ކަމަށެވެ. އެކަމުގެ ސަބަބުން އޮފީހަށް ދިއުމާއި ދަރިން ސްކޫލަށް ފޮނުވުމުގައި ވެސް ދަތިތައް ދިމާވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުގެ ރައީސް އަދި އިންޖީނުގެ ހިންގުމާއި ހަވާލުވެގެން ހުންނެވި ޖުނެއިދު އިބްރާހިމް ވިދާޅުވީ ކަރަންޓްގެ މައްސަލަތަކެއް އުޅޭ ކަމަށާއި، ބައެއް ހިސާބުތަކުން ކަރަންޓް ކަނޑައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެކަން އެހެން ދިމާވަނީ ރަށް ތަރައްގީވަމުން އަންނަ ވަރަަކަށް ކަރަންޓް ބޭނުންވާ މިންވަރު އިތުރުވަމުންދާތީ ކަމަށެވެ. އެގޮތުން، ކަރަންޓް ނަގާ ރޭޓް އިތުރުވަމުންދާތީ ކޭބަލް ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އަދި މިދިޔަ މަހު ކަރަންޓްގެ މައްސަލަ ދިމާވީ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެންމެ ސްޓޭބަލްކޮށް ކަރަންޓް ދެވޭ އެއް ރަށަކީ މާމިނގިލި ކަމަށެވެ. ނަމަވެސް ކަރަންްޓްގެ މައްސަލަ ދިމާވުމުން ރަށުގެ ބައެއް މަގުތަކުން ކަރަންޓް ކަނޑާލައިގެން ވެސް ގޭގެއިން ކަރަންޓް ކަނޑާނުލާވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާމިނގިލީ އިންޖީނުގެއަކީ އެދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިލާ ކުންފުނިން ހިންގަމުން ގެންދާ އިންޖީނު ގެ އެކެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

މޯޑު

ޢަވަހައް ސްޓެލްކޯ ގެނެވޭތޯ ބަލަން ވީ

ނަންނުގަތި

އަވަހަށް ޤާސިމަށް ގުޅާ...

މޯޑު

ތިބުނީ ހަމަ ތެދުފުޅެއް....

ސޭޓު

ތިކަން ހައްލުވާނީ ސޭޓު އަލުން ސަރުކާރާ ގުޅުނީމަ. އެހެންނޫނީ ތިކަހަލަ އެތައްކަމެއް ކުރިމަތިވެ ހައްލު ހޯދަން ދަތިވާނެ މި މޫސުމުގަ.