9 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލަށް ޝަރީފް އާއި ހާޝިމް
image
މި މުބާރާތުގެ ތެރެއިން ހާޝިމް - ފޮޓޯ: އެމްޕީބީއޭ
އަހުމަދު ތޯއިލް
0 ކޮމެންޓް
 

9 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލަށް ޝަރީފް އާއި ހާޝިމް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ އޯޕަން 9 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލަށް އަޙްމަދް ޝަރީފް ހުސައިން އާއި އަހްސަން ހާޝިމް ދަތުރުކޮށްފިއެވެ.
އަޙްމަދު ޝަރީފް ހުސައިން ފައިނަލަށް ދަތުރުކުރީ ރޭ ކުޅެވުނު ސެމީފައިނަލް ފުރަތަމަ މެޗުގައި މޫސާ ސާމިއު އާއި ބައްދަލު ކޮށް 5 ފްރޭމް 8 ފްރޭމް އިން މެޗު ކާމިޔާބު ކޮށްގެންނެވެ. އަޙްސަން ޙާޝިމް ފައިނަލް އަށް ދިޔައީ ރޭކުޅެވުނު ދެވަނަ ސެމީފައިނަލް މެޗުގައި އަހްމަދު ސޯލިހް އާއި ބައްދަލުކޮށް 2 ފްރޭމް 8 ފްރޭމް އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ގަޑިން 8:30 ގައި މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަންގެ ކުލަބް ހައުސްގައެވެ. މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި މުބާރާތުގައި ޖުމްލަ 35 ކުޅުންތެރިންނާއެކު މުޅިއަކު 85 މެޗު ކުޅެވޭނެއެވެ.

މި މުބާރާތުގެ ޗެންޕިއަންކަން ހޯދާ ފަރާތަކަށް ތައްޓާއި އެކު 3000 ރުފިޔާ އަދި ރަނަރަޕްއަކަށް 1500 ރުފިޔާ ހުށަހެޅިފައިވެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު